ކުޑަ ކުދީން ހިމޭން ކާރިސާއެއްގެ ތެރެއަށް ދޫކޮށްލެވިފައި

ޒަމާނަށް އަންނަމުން ދާ ބަދަލާ އެކު އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިވެސް މިވަނީ ބަދަލު އައިސްފައެވެ. އަޅުނގަނޑުމެން މިތިބީ ޓެކްނިލޮޖީގެ އަޅުންނަށްވެފައެވެ. ތަރައްގީ އާއި ޓެކްނޮލިޖީގެ އަސަރު މިވަނީ ގޭތެރެއަށް ފޯރާފައެވެ. އަޅުގަނޑުމެންގެ ދެލޯ ފަދައިން ގެންގުޅޭ ދަރީން އެދަނީ ޓެކްނޮލޮޖީގެ ތެރެއަށް ގެނބެމުންނެވެ. ގޭތެރޭގައި އޮންނަ އުފާވެރި މާހަައުލު ބަދަލުވެ ދަރީން ހިމޭން ކާރިސާއެއްގެ ތެރެއަށް ވަނީ ދޫކޮށްލެވިފައެވެ.

ތެރަޕިސްޓުން ދެކޭ ގޮތުގައި އެތައް ސަތޭކަ ކުދީންނާއި އާއިލާއަކަށް ހިމޭން ކާރިސާގެ އަސަރު މިވަނީ ފޯރާފައެެވެ. ނަފްސާނީ ގޮތުން ކުދިން ވަނީ ބަލިކަށިވެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރެވޭ ދިރާސާ ތަކުގެ ތަފާސްހިސާބަށް ބަލާއިރު ނަފްސާނީ ގޮތުން ބަލިކަށީވެ ފަރުވާ ހޯދާ ކުޑަކުދީންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ރާއްޖޭގައި މިފަދަ ދިރާސާ އެއް ކުރެވިފައި ނެތް ނަމަވެސް ބޭރު ދުނިޔޭގެ ތަފާށް ހިސާބު ތަކުން މިކަމާ މެދު ވިސްނާލަން ފަސޭހަވަނޭއެވެ. ވޭތުވެދިޔަ 15 އަހަރު ކުރެވިފައިވާ ދިރާސާ ތަކަށް ބަލާއިރު ކޮންމެ ފަސް ކުދީންގެ ތެރެއިން އެއް ކުއްޖަކީ މެންޓަލް ހެލްތުގެ މައްސަލަ ދިމާވެފައިވާ ކުދީންނެވެ. 'އެޓެންޝަން ޑެފިސިޓް ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ'، އޭޑީއެޗްޑީ ހުންނަ ކުދީން ވަނީ 43 އިންސައްތަ އިތުރުވެފައެވެ. ފުރާވަރު އުމުރުގައި ޑިޕްރެޝަން އަށް ދާ ކުދީންގެ އަދަދު 37 އިން ސައްތަ އިތުރވެފައިވެއެވެ. އުމުރުން 10 އަހަރާއި 14 އަހަރާ ދެމެދުގެ ކުދީންގެ އަމިއްލައަށް މަރުވާ އަދަދު 100 އިންސައްތަ އިތުރުވެފައިވެއެވެ.

މިއަދަދު ތަކަށް ބަލާއިރު އަޅުނގަޑުމެންގެ ދަރީންގެ ނަފްސާނީ ދުޅަހެޔޮ ކަމާމެދު މިހާރަށްވުރެ ބޮޑަށް ސަމާލުވާންވީއެވެ. ދަރީންނަށް އަންނަ ބަދަލުތައް ދެނެގަނެ ހައްލުހޯދަންވާނެއެވެ. ވަރަށް ގިނަ ފަހަަރަށް ފަރުވާދޭ މީހެއް ގާތަށް ގޮސްފައި މައްސަ އެނގުމުން ފަރުވާ ކުޑަކޮށްލެވެއެވެ. ނުވަތަ އެއީ ދަރީންގެ ތަބީއަތުގައި ހުންނަ މައްސަލައެއް ކަމަަށް ނިންމާލެވެއެވެ. ނުވަތަ ސްކޫލަށް ވެއްދި ފަހުން އައި ބަދަލެއް ކަމަށް ބުނެ ފަސޭހަކޮށްލެވެއެވެ.

ތަޖުރިބާކާރުން އިއްތިފާގުވާ ގޮތުގައި ދަރީން ތަހައްމަލު ކުރާ ނަފްސާނީ މައްސަލަތަކުގެ އަސްލަކީ މައިންބަފައިންނެވެ. އަދި ހައްލަކީވެސް މައިންބަފައިންނެވެ. ސައިންސު ހެކިދޭ ގޮތުގައި އުޅޭ ވެށްޓާ ގުޅޭގޮތަށް ސިކުނޑި ވަޔަރު ކުރުމުގެ ބާރު ސިކުނޑިއަށް ލިބިގެންވެއެވެ. ދަރީން ގެންގުޅޭ ވެށްޓާއި ޕޭރެންޓިން ސްޓައިލުން ސިކުނޑި އަލުން ނުބައި މިސްރާބަކަށް ވަޔަރު ކުރެވެއެެވެ.

ކޮންމެވެސް ވަރެއްގެ ނުކުޅެދުންތެރި ކަމަކާ އެކު އުފަންވާ ކުދީން ތިބެއެވެ. މިފަދަ ކުދީންނަށް ބެލެނިވެރީން ކިތަންމެ މަސައްކަތެއް ކުރިޔަސް ދިރިއުޅުމުގައި ދިމާވާ ކަންތަކާއި ކުރިމަތިލާން ޖެހިލުންވެއެވެ. ނަމަވެސް އަލިއަޅުވާލަން މަސައްކަތް މިކުރަނީ އެއްވެސް ނުކުޅެދުންތެރި ކަމެއް ނެތި ދުނިޔެއަށް އުފަންވާ ކުދީންގެ ވާހަކައެވެ. އެކުދީން ހިމޭން ކާރިސާއެއްގެ ތެރެއަށް ދޫކޮށްލެވިފައިތިބޭ ވާހަކައެވެ. މައިންބަފައިން ދަރީންނަށް ފަހިކޮށްދޭ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ސަބަބުން އުފެދޭ ބަލިމަޑު ކަމެއްގެ ވާހަކައެވެ. ތެރަޕިސްޓުން ބުނާ ގޮތުގައި ދަރިން ގެންގުޅޭ ގޮތް ބަދަލު ކުރުމުން ކުދީންނަށް ހެޔޮ ބަދަލު އާދެއެވެ.

ކުދީން އެފަދަ ކާރިސާއެއްގެ ތެރެއަށް ދޫކޮށްލެވޭ އިރު މައިންބަފައިންނަކަށް އެކަން އިހުސާސް ނުކުރެވެއެވެ. ގޯސްކޮށްކުރެވެނީ ކޮންކަމެއް ބާވައެވެ؟ މިއަދުގެ ދަރީންވަނީ ދުޅެހެޔޮ ސިއްހަތަކަށް ބޭނުންވާ އެންމެ މުހިއްމު އަސާސް ތަކުން މަހްރޫމު ކުރެވިފައެވެ. ކުއްޖަކު ކަމަކާ ކަންބޮޑުވިޔަސް މައިންބަފައިނާ އެކަން ހިއްސާކުރެވޭނެ ގޮތެއް ނޯވެއެވެ. މައިންބަފައިނާ ދަރީންނާ ދެމެދުވަނީ ޑިޖިޓަލް ފާރެއް ލެވިފައެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ހައްދެއް ވާކަމެއް ކުދީންނަކަށް ނޭނގެއެވެ. މަގުދައްކައިދޭނެ މައިންބަފައިންނެއް ނުތިބެއެވެ. ޒިއްމާތަކެއް ވާކަން ކިޔައެއް ނުދެވެއެވެ. ފައިދާ ހުރި ކާނާ އާއި ހަމަނިންޖަކީ ދުޅެހެޔޮ ސިއްހަތަކަށް މުހިއްމު އެއެޗެއް ކަމަށް ވިސްނައިދޭކަށް ވަގުތެއް ނޯވެއެވެ. ކުދީން ގޮވައިގެން ބޭރަށް ގޮސް ވަގުތު ހޭދަކުރެވޭ ވަރަށް ވުރެ މާ ބިޒީއެވެ. ފޫހިވާނެ ވަގުތު ހޯދައެއް ނުދެވެއެވެ.

އެކަންކަމުން މަހްރޫމުވެފައި ވިޔަސް ކުދީން ބޭނުން ގޮތަކަށް އުޅެން އެހީލިބެއެވެ. ކުދީން ތިބެނީ ޑިޖިޓަލް ދުނިޔެއަކަށް ދޫކޮށްލާފައެވެ. ކުދީން ކުރަނީ ނުވަތަ ހޭދަ ކުރަނީ ކިހާ ވަގުތެއްތޯ ބަލައިލާނެ ވަގުތެއް ނޯވެއެވެ. ކުދީންނަށް އުޅޭންވާ ގޮތް ކިޔައިނުދީ ބޭނުން ގޮތަކަށް އުޅެން ދޫކޮށްެލެވެއެވެ. ޒިއްމާއަށް ވުރެ ބޮޑަށް ތިމަންނާ ބޭނުން ކޮންމެ ކަމެއް ކުރެވޭނެ ކަމުގެ އިހުސާސް ދަރީންނަށް ބެލެނިވެރީންގެ ފަރާތުން ލިބެއެވެ. ހަމަނިންޖެއް ނުލިބެއެވެ. މީހުންނާ އެކު އުޅޭނެ ފުރުސަތެއް ނުލިބެއެވެ. ގިނަ ވަގުތު ހޭދަކުރަނީ ޓެބްލެޓް، ފޯނު، ނުވަތަ ޓީވީ ބެލުމުގައެވެ. ފޫހިވާނެ އެއްވެސް ވަގުތެއް ނޯވެއެވެ. އެެއްކަމަކަށް ފަހު އަނެއް ކަމެއް ކުރެވޭނެ މަގު ފަހިކޮށްދީފައި ހުރެެއެވެ.

މިފަދަ ވެށްޓެއްގައި ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ ކުދީން ބޮޑު ކުރމަކީ މުސްތަހީލު ކަމެކެވެ. ދަރީން މާޔޫސްވެ ފަރުވާ ހޯދަންޖެހޭ ހާލަތަށް ދަނީ އަޅުގަނޑުމެންގެ އިހުމާލުންނެވެ. މިކަންކަން ހައްލުކުރާނީ ކިހިނެއްހެއްޔެވެ؟ ދުޅަހެޔޮ އުފާވެރި ކުދީންގެ ގޮތުގައި ދަރީން ބޮޑުކުރުމަށް އަސާސީ ބޭނުންތައް ފުއްދައިދޭށެވެ.

1. ހައްދުތަކެއް ކަނޑައަޅާށެވެ. އަދި ތިއީ ދަރިފުޅުގެ ރަހްމަތްތެރި އެއް ނޫނެވެ. މަންމަ ނުވަތަ ބައްޕަ އެވެ. އެކަން ހަނދާނުގައި ބަހައްޓަންވާނެއެވެ. ކުދީން ބޭނުން ހުރިހާ އެއްޗެއް ހޯދައި ނުދޭށެވެ. ކޮންމެހެން ބޭނުންވާ އެއްޗެހި ހޯދާދޭށެވެ. ކޮންމެހެން ބޭނުންވާ އެއްޗެއް ނޫނަ އެހެން އެއޗެއް ހޯދަން އުޅޭނަމަ ނޫނެކޭ ބުނާށެވެ. މާގިނައި ސްނެކްސް ނުދޭށެވެ. އަދި ހަށިގަނޑަށް ފައިދާ ހުރި ކާނާ ދޭށެވެ. ބައިސިކަލް ދުއްވަން ނުވަތަ މަސްބާނަން ނުވަތަ ގަސްގަހާ ގެހި ހުންނަ ތަނެއްގައި ދުވާލަކު އެއްގަޑިއިރު ވަރު ހޭދަކުރާށެވެ. ދަރީންނާއެކު ރޭގަނޑު ކާން އާދަ ކުރާށެވެ. އެވަގުތު އެއްވެސް ޑިޖިޓަލް އާލާތެއް ބޭނުންނުކުރާށެވެ. ކޮންމެ ދުވަހަކުވެސް ކުދީން ލައްވައި ގޭތެރޭގެ ކޮންމެވެސް މަސައްކަތެއް ކުރުވާށެވެ. ހެދުން ފައްޖެހުން، ކުޅޭތަކެތި ސާފުކުރުވައި ތަރުތީބު ކުރުވުން، ހެދުން ހިއްކަން އެޅުވުން، ނުވަތަ ކާން ތައްޔާރު ކުރުން ފަދަ ކަމެއް ކުރުވިދާނެއެވެ. ނިދާނެ ވަކި ގަޑިއެއް ކަނޑައަޅައި އެގަޑީގައި ނިދާތޯ ބަލާށެވެ، އަދި ނިދާ ކޮޓަރީގައި ޑިޖިޓަލް އެއްވެސް އެއްޗެއް ނުބާއްވާށެވެ.

2. ދަރިފުޅަށް މިނިވަންކަން އޮންނަ މިންވަރާއި އޭނާގެ ޒިއްމާ ކިޔައިދޭށެވެ. ބޭނުން ހުރިހާ ގޮތަކަށް ނޫޅެވޭނެކަން ހަނދާން ކޮށްދޭށެވެ. ކުރާ ކަމަކުން ފޭލިވިޔަސް ދަރިފުޅު ހިމާޔަތްކޮށް ވާހަކަ ނުދައްކާށެވެ. ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހުނަރު ތަރައްގީވާނީ އޭރުންނެވެ. ސްކޫލަށް ގެންދާ ފޮތް ދަބަސް ދަރިފުޅު ލައްވައި ތައްޔާރު ކުރުވާށެވެ. ދަބަސް އުފުލައި ނުދޭށެވެ. ހަނދާން ނެތިގެން ސްކޫލަށް ފޮތް ނުވަތަ އިންޓަވަލް ބަހައްޓާފައި ދިޔައަސް ގެންގޮސް ނުދޭށެވެ. ދޮންކެޔޮ ފަދަ ތަކެތި ނޮޅައި ނުދޭށެވެ. ކުދީންނަށް ހުރިހާ ކަމެއް ކޮށްދިނުމުގެ ބަދަލުގައި ކުދީން ލައްވައި ކުރުވާށެވެ.

3. ބޭނުން ހުރިހާ އެއްޗެއް ނުދޭށެވެ. އަދި ފޫހިވާން ފުރުސަތު ހޯދާދޭށެވެ. ފޫހިވާ ވަގުތުތަކުގައި އުފެއްދުންތެރި ޚިޔާލު އަންނާނެއެވެ. ހުރިހާ ވަގުތެއްގައި ދަރިފުޅު މުނިފޫހި ފިލުވައިދިނުމުގެ ޒިއްމާ ނުނަގާށެވެ. ފޫހިވުމުން ހައްލަކީ ޓެކްނިލޮޖީ ކަމުގައި ނުހަދާށެވެ. ކެއުމާއި، ރެސްޓޯރެންޓް ތަކުގައި ހޭދަ ކުރާ ވަގުތު ނުވަތަ ފިހާރައަކަށް ދާ ވަގުތު ޓެކްނޮލޮޖީ ބޭނުން ނުކުރާށެވެ. އެފަދަ ވަގުތުތަކަކީ ފޫހިފިލުވަން ސިކުނޑި ތަމްރީނު ކުރާ ވަގުތަށް ހަދާށެވެ. ފޫހިވީމާ ކުރާނެ ކަންކަން ލިއުއްވާށެވެ.

4. ދަރީންގެ ކަންބޮޑުވުން ތައް ހިއްސާކުރެވޭ މީހަކަށް ވާށެވެ. ދަރީން ނިންދަވާ ގަޑީގައި ފޯނު ނުވަތަ ޓެބްލެޓް ބޭނުން ނުކުރާށެވެ. ދަރިފުޅުގެ އިމޯޝަނަލް ކޯޗަކަށް ވާށެވެ. ހިތް ނުތަނަވަސް ވުމާއި ރުޅިވެރިކަމާއި ކުރިމަތިލާން ދަސްކޮށްދޭށެވެ. މީހުންނާ ދިމާވުުމުން ސަލާމް ކުރުމާއި، ވާހަކަ ދައްކާ އިރު ތިމާއަށް ފުރުސަތު ލިބެންދެން މަޑުކުރުމަށް ދަސްކޮށްދޭށެވެ. މޭޒުމަތީގެ އަދަބުތައް ކިޔާދޭށެވެ. މީހުންނާ ވާޙަކަ ދައްކަންވީ ގޮތް ކިޔާދޭށެވެ. ދަރިފުޅާއި ޖަޒުބާތީ ގުޅުން ބާއްވާށެވެ. ދަރިފުޅު ގައިގާ ބައްދާލާ، ގިލިގިލި ކޮއްޓާ، ދަރިފުޅާ އެކު ފޮތް ކިޔާން އާދަކުރާށެވެ.

މުޅި ޖީލަށް ބޭސް ކުރަން ޖެހުމުގެ ކުރީން ދަރީންނާ ދޭތެރޭ ވިސްނައި ހިމޭން ކާރިސާއެއްގެ ތެރެއަށް ދަރީން ދޫކޮށްނުލާށެވެ.

މިއީ ފެއިތުއިޓް ޑޮޓްކޮމްގައިވާ ލިއުމެއްގެ ތަރުޖަމާ އެކެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. Alhamdhu lillah hamakashavaru enme furatha govailehvee ilmu ungenumasheve dhen tharubiyyathu dhehvumah akuru dhaskoh dhinumasheve loamahchah fennan hunna thakethi kurahai bimun gass falhamun anna mishaaluge misaalun heyluntherikuruvun keethoaeve note e gas falhan medhuverivaa sababukiyaadhinumaa eygeaslufithurathuga vafaivanee kon sababehthoa bunedhinumaa eku aslu aisfaivanee nethumuge thereyn mikaunu vujoodhah gennevi ehkauvantha ilaahuge(ALLAH) he kulhadhun vanthakamunkan kandaelhigen bunedheynjeheyne eve.ALLAH AKBARU emme bodee ALLAH eve Hamakashavarun ALLAH noon ilaahaku nuve eve. Adhi nabeekan khathim kurehvi kau saahibaa akee ALLAHGe Alhaakamashaai sasoolaakamah eemaanvaanjehey kamuge hehkakee maaivegenvaa vaheebas fulhukan bayaan kohdheynjeheyne eve.maanaakee liyankiyan dhaskoh dheynjeheynee kalakuvodigenvaakan kudhinnah bunedhee ekamuge maahdhee faidhaayaa roohaanee faidhaathakeh vaakan kudhinnah vahumve fahum kohdhinumah fahugaeve.Adhi kalakuvodigenvaakan angaidhinumah fahugaeve .Maashaa ALLAH. YAAZALJALAALI Val ikraam. Mi alhaage mimashahkathugai barakkai lavva akhirathuge maaivegenvvaa govahchah mialhaage nikamethikamaaekuga vaasilu kohdhehvaandheyve. Ameen. miminvarun fashaigathumakah fudheynekamah ummeedhukuraa khaalu maqfirathaa aafiyathuge niumathugegovahchah vaasiluvumah koshifaivaamagehkamugai ummedhukuraa khaalu Rahman vantha illahuge azrathugai dhannavameve.mihaa hisaabun kurukohleemeve. ALhamdhulillah. alif haa.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.