އެންވަޔަރަންމަންޓް ޕޮލިސް ތައާރަފް ވުމުން މާލޭގެ މަގުތަކަށް ކުނިއެޅުން ވަރަށް ބޮޑަށް މަދުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވޭސްޓްމެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ވިދާޅުވެއްޖެއެވެ.
އެކުންފުނީގެ މެނޭޖިންޑިރެކްޓަރ މުހައްމަދު ޝިފާއު ވިދާޅުވީ މާލޭގެ މަގުތަކަށް ގަސްތުގައި ބަޔަކު ކުނިއަޅަނީ ކަމަށް ބެލެވޭ ކަމަށެވެ. "މަގުމައްޗަށް ކުނިއަޅާ މީހުން ގަސްތުގައި އަޅަނީ. އެއްވެސް ހާލަތެއްގައި މަގުމައްޗަށް ކުނިއަޅަންޖެހޭ ސަބަބެއް ނޯންނާނެ،" ޝިފާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއީ އެންމެން ވެސް ހިނގަން އޮންނަ މަގުކަމަށެވެ. އެތަނަށް ގަސްތުގައި ކުނިއަޅާތީ އެކުނި ނެގުމަށް "ވެމްކޯގެ ވަރަށްބޮޑު ރިސޯސްއެއް ބޭނުންކުރަން ޖެހޭ" ކަމަށް ވެސް ވިދާޅުވިއެވެ.
ވެމްކޯގެ މެންޑޭޓު ބުނާގޮތުން އެތަނުން ކުނި ނަގަންޖެހެނީ ވިޔަފާރިތަކުންނާއި ގޭ ބިސީތަކުންނެވެ. އެހެންނަމަވެސް މަގުތަކަށް އަޅާފައި ހުންނަކުނި ރެއާ ދުވާލު ނަގައި ސާފުކުރަމުންދާ ކަމަށް ޝިފާއު ވިދާޅުވިއެވެ.
ޝިފާއު ވިދާޅުވީ ވަރަށް އަވަހަށް އެންވަޔަރަންމެންޓް ޕޮލިސް ވުޖޫދު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. "މިހާރު ވާނީ ފުލުހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައި. އެންވަޔަރަންމެންޓް ޕޮލިސް އައިމާ ވަރަށް ބޮޑަށް މި މައްސަލަ ކުޑަވެގެންދާނެ،" ޝިފާއު ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ގެންދަނީ އެންވަޔަރަންމެންޓް ޕޮލިސް އުފައްދަން ބޭނުންވާ މީހުން ނެގުމުގެ މަސައްކަތް ކުރައްވަމުންނެވެ.
އަޅުގަނޑަށް ފާހަގަ ކުރެވޭ ގޮތުގައި މިހާރަކަށް އައިސް މާލޭގެ މަގުތަކުގައި ތަފާތު ކުނިބުނި ( ކުނިވާޒާތުގެ ކާތަކެތި ) ބަހެއްޓުން ވަރަށް ބޮޑުތަންވަނީ އިތުރުވެފައި . އަދި މީގެ އިތުރުންވެސް ކުނިއުކަން ރަޖިސްޓްރީނުކޮށް ކުނި މަގުމަތީގައި ބަހައްޓައިގެން އުކާ މީހުން އުޅޭކަންވެސް ފާހަގަ ކުރެވޭ ވެމްކޯގެ ފަރާތުން ރަޖިސްޓްރީވެފައިވަނީ ކޮންބައެއްތޯ ނުވަނީ ކޮންބައެއްތޯ ގޭބީސީތަކަށް ޒިޔާރަތްކޮށްގެން ބަލަންވެސް އެބަޖެހޭ . ކޮންމެ ގެއަކަށްވެސް ރަޖިސްޓްރީ ނަމްބަރެއް ދެއްވާފަ ވޭ އެނަމްބަރު ނެތް މީހުންނަކީ ރަޖިސްޓްރީނުކޮށް ކުނިއުކާ މީހުންކަން ފާހަގަ ކުރެވޭ ގޭގެ ދޮރުކައިރީ މަގުމަތީގައި ބެހެއްޓީމަ ކުނިއުކަނީ ރަޖިސްޓްރީވެފަވާ ބައެއްތޯ ނޫންތޯވެސް ބަލައެއް ނުލެވޭ