އާފަތިސް ރޯދަ ބަދިގެ: ޓަރކިޝް ޑިލައިޓް

ޓަރކިޝް ޑިލައިޓް

ބޭނުންވާނެ ތަކެތި: 

4 ޖޯޑު ހަކުރު

4 ޖޯޑު ފެން

1 ސައި ސަމުސާ ލުނބޯ ހުތް

1 ޖޯޑު ޒުވާރި ފުށް (ކޯން ފްލާވަރ)

1 ސައި ސަމުސާ ޓާރޓާރ ކްރީމް

½ 1 ސައި ސަމުސާ ފިނި ފެން (ރޯޒް ވޯޓަރ)

ރަތް ކުލަ

¾ ޖޯޑު އައިސިންގ ޝުގަރ

¼ ޖޯޑު ޒުވާރި ފުށް (އިތުރު)

ތައްޔާރުކުރާނެ ގޮތް:

½ 1 ޖޯޑު ފެން ތެއްޔަކަށް އަޅައިހަކުރާއި ލުނބޯ ހުތް އެއްކުރުމަށްފަހު މަޑު ގިނީގައި ބަހައްޓައިގެން ހަކުރު ވިރެންދެން ހޫނުކުރާށެވެ. ހަކުރު ރަނގަޅަށް ވިރި ހިކެން ފެށުމުން އުނދުންމަތިން ބާލާށެވެ. ބާކީ ހުރި ފެނަށް 1 ޖޯޑު ޒުވާރި ފުށާއި ޓާރޓާރ ކްރީމް އަޅައިގެން ޕޭސްޓަކަށް ވަންދެން ކައްކާށެވެ. ޕޭސްޓްގެ ތެރެއަށް ތެރެއަށް ކުރީން ވިރުވާފައި ހުރި ހަކުރު ސިރަޕް އަޅައިގެން 1 ގަޑި އިރުވަންދެން ކައްކާށެވެ. ފިނިފެނާއި ކުލަ އެއްކުރުމަށް ފަހު 19 ސެންޓިމީޓަރުގެ ޓްރޭ އަކަށް އަޅާށެވެ. 3 ގަޑީ އިރު ނުވަތަ އެއް ރޭ ވަންދެން ބެހެއްޓުމަށް ފަހު ކިއުބްސް އަށްވާ ގޮތަށް ކޮށާށެވެ. ¾ އައިސިން ޝުގަރ އާއި ޒުވާރި ފށުގެ ތެރެއަށް ކިއުބްތައް އަޅައި ބޭރުގައި އެފުށް އުނގުޅާސެވެ.

މިއީ އެއް ދުވަސް ކުރީން ތައްޔާރު ކުރެވިދާނެ ރެސިޕީ އެކެވެ. ތައްޔާރުކޮށްފައި ވައި ނުވަންނަ ކޮންޓެއިނަރެއްގައި ބެހެއްޓިދާނެއެވެ. އައިސް އަލަމާރިއަށް ނުވަތަ މައިކްރޯވޭވެ ކުރުން ރަނގަޅެއް ނޫނެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.