އާފަތިސް ރޯދަ ބަދިގެ: ފިޝް ލަޒާނިޔާ، ޗީޒީ ޓޮޕިންގ އާ އެކު

ފިޝް ލަޒާނިޔާ، ޗީޒީ ޓޮޕިންގ އާ އެކު

ބޭނުންވާނެ ތަކެތި

2 ޖޯޑު ބައި ފެން

ތައިމް

1 ބޭ ލީފް

ޖޯޑެއްގެ ހަތަރުބައިކުޅަ އެއްބައި ބަޓަރު

ބައި ޖޯޑު ފުށް

ދެ ޖޯޑު ޗީޒް

300 ގުރާމް ލަޒާނިޔާ ޝީޓް

1 ކެރޮޓް، ތުނި ކޮށް ކޮށާފައި

75 ގުރާމް ބޭބީ ސްޕިނާޗް

ލޮނުކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

1. 180 ޑިގްރީ ސެލްސިއަސްގައި އަވަން ހޫނު ކުރާށެވެ.

2. މަހާއި، ކިރު، ތައިމް އަދި ބޭ ލީފް ތަވަޔަކަށް އަޅައި މަޑު ގިނީގައި ކައްކާށެވެ.

3. އުނދުން މަތިން ނަގައި ފަސް މިނިޓްވަރު ބެހެއްޓުމަށް ފަހު ހަލަންޏަކަށް މަސް ހުސްކޮށް ތައިމް އާ ބޭ ލީފް އުކާލާށެވެ.

4. ސޯސް ތައްޔާރު ކުރުމަށްޓަކައި ތަވާ އުނދުން މައްޗަށް އުދައި މަޑު ގިނީގައި ބަޓަރު ކޮޅު ވިރުވާށެވެ. ބަޓަރު ކޮޅު ވިރުމުން އޭގެ ތެރެއަށް ފުށް އެއްކުރާށެވެ. އަދި ދެ މިނިޓް ވަރު ކައްކާށެވެ.

5. މަސްކޮޅު ކެއްކި ކިރު އޭގެ ތެރެެއަށް އަޅައި ކުޑަކޮށް ބޯވެލަންދެން ކައްކާށެވެ. ދެން ލޮނާއި ދޮޅު ޖޯޑު ޗީޒް ސޯސްގެ ތެރެއަށް އަޅާށެވެ.

6. ސޯސް ތައްޔާރު ކުރެވުމުން ބޭކިން ޑިޝް އަށް ސޯސްކޮޅެއް އޮއްސާލާށެވެ. ދެން އޭގެ މަތީގައި ލަޒާނިޔާ ޝީޓްތައް އަތުރާށެވެ.

7. އަނެއްކާވެސް ސޯސް ކޮޅެއް އޭގެ މައްޗަށް އޮއްސާލާށެވެ. ދެން މަހާއި ސްޕިނާޗް އަދި ކެރޮޓްގެ ފަށަލައެއް އޭގެ މައްޗަށް އަޅާށެވެ.

8. ދެން އޭގެ މަތީގައި ލަޒާނިޔާ ޝީޓްތައް އަތުރާށެވެ. ޕާސްޓާގެ ތިން ފަށަލަ ހަމަވަންދެން މިގޮތަށް ތަކުރާރު ކުރާށެވެ. އެންމ މަތީގައި އޮންނަންވާނީ ލަޒާނިޔާގެ ފަށަލައެކެވެ.

9.  ދެން ލަޒާނިޔާ ތައްޔާރުކުރުމަށް އަޅާފަައި ހުރި ސޯސް ރީތިކޮށް ފެތުރޭ ގޮތަށް މަތީ ފަށަލައަށް އަތްތިލައިން އެއްވަރު ކޮށްލާށެވެ. އަދި ބާކީ ހުރި ޗީޒް މަތީ ފަށަލައިގެ މަތީގައި ފަތުރާލާށެވެ.

10. އަވަނުގައި 25 މިނިޓްވަންދެން ފިހޭށެވެ. އަދި ހޫނުކޮށް ސާވް ކުރާށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.