އާފަތިސް ރޯދަ ބަދިގެ: ސިނަމަން ރޯލްސް

ފުށްގަނޑު ތައްޔަރު ކުރުމަށް ބޭނުންވާނެ ތަކެތި:

ސައިސަމުސަލެއްގެ ދެ ސަމުސާ ބައި ޔީސްޓް

ބައި ޖޯޑު ފެން

ބައި ޖޯޑު ކިރު

ޖޯޑެއްގެ ހަތަރުބައިކުޅަ އެއްބައި ހަކުރު

ޖޯޑެއްގެ ތިންބައިކުޅަ އެއްބައި ބަޓަރު

ސައިސަމުސަލެއްގެ ލޮނު

1 ކުކުޅު ބިސް

3 ޖޯޑު ބައި ފުށް

ފިލިންގ އަށް ބޭނުންވާނެ ތަކެތި:

ބައި ޖޯޑު ބަޓަރު

ޖޯޑެއްގެ ހަތަރުބައިކުޅަ ތިންބައި ހަކުރު

މޭޒުމަތީ ސަމުސަލުގެ ދެ ސަމުސާ ފޮނިތޮށި

ޖޯޑެއްގެ ހަތަރުބައިކުޅަ ތިންބައި ހިކި މޭބިސްކަދުރު (ނޭޅިއަސް އެންމެ ރަނގަޅޫ)

ގްލޭޒް ތައްޔާރު ކުރުމަށް ބޭނުންވާނެ ތަކެތި:

މޭޒުމަތީ ސަމުސަލުގެ ހަތަރު ސަމުސާ ބަޓަރު

2 ޖޯޑު އައިސިންގ ޝުގަރ ނުވަތަ މުގުރާފައި ހުރި ހަކުރު

ސައިސަމުސަލެއްގެ ވެނީލާ އެސެންސް

މޭޒުމަތީ ސަމުސަލުގެ ތިން ނުވަތަ ހަތަރު ސަމުސާ ފެން

ތައްޔާރު ކުރާނެ ގޮތް:

350 ޑިގްރީ ސެލްސިއަސްގައި އަވަން ހޫނު ކުރާށެވެ.

ބޯތަށްޓަކަށް ހިހޫ ފެން އަޅައި އޭގެ ތެރެއަށް ޔީސްޓް އަޅާފައި އެއްކައިރީގައި ބަހައްޓާށެވެ. އެހެން ބޯތަށްޓެއްގައި ކިރާއި، ހަކުރާއި، ބަޓަރު، އަދި ލޮނާއި، ބިސް އެއްކުރާށެވެ. އޭގެ ތެރެއަށް 2 ޖޯޑު ފުށް އަޅައި ރަނގަޅަށް އެއްކުރާށެވެ. ދެން ފުށުގެ ތެރެއަށް ޔީސްޓާއި ބާކީ ހުރި ފުށް އެއްކޮށް ފަސް މިނިޓް ނުވަތަ 10 މިނިޓް ވަރު މޮޑޭށެވެ. ދެން މަތި ބަންދުކޮށް ފުށްގަނޑު ދެގުނަ އަށް ބޮޑުވަންދެން ބާއްވާށެވެ. ގާތގަނޑަކަށް އެއްގަޑި އިރު ނުވަތަ ދޮޅު ގަޑި އިރު ބޭއްވުމުން ރަނގަޅުވާނެއެވެ.

ދޮޅުގަޑި އިރު ވުމުން 15 އިންޗި އާއި 9 އިންޗި ހުންނަވަރަށް ދަމާލާށެވެ. ދެން އޭގެ މަތީގައި ވިރުވާފައި ހުރި ބަޓަރު އުނގުޅުމަށްފަހު ހަކުރާއި ފޮނިތޮށި ފުށްގަނޑުގެ މައްޗަށް ބުރުވާލާށެވެ. އަދި ބޭނުންނަމަ ހިކި މޭބިސްކަދުރު ވެސް އަޅާށެވެ. ދިގު މިނުގައި 15 އިންޗި ހުރި ދިމާއިން ރޯލުކޯސް ރަނގަޅަށް ސީލް ކުރާށެވެ. ދެން 12 ނުވަތަ 15 ފޮއްޗަށް ކޮށާށެވެ.

ބޭކިން ޓްރޭއެއްގައި ބަޓަރު ހޭކުމަށްފަހު އޭގެ މައްޗަށް ހަކުރު ކޮޅެއް ބުރުވާލާށެވެ. ދެން ޓްރޭގެ ތެރޭގައި ސިނަމަން ރޯލް ފޮތިތައް އަތުރައި ކޮންމެ ރޯލް އެއްގެ ސައިޒު ދެގުނަ އަށް ބޮޑުވަންދެން ބަހައްޓާށެވެ. 45 ވަރަކަށް މިނިޓް ބެހެއްޓުމުން ރަނގަޅު ވާނެއެވެ. ދެން އަވަނުގައި 30 މިނިޓް ވަންދެން ފިހޭށެވެ.

ސިނަމަން ރޯލު ފިހެން އަވަން ލުމަށްފަހު ބަޓަރާއި ހަކުރު އަދި ވެނީލާ އެސެންސް ރަނގަޅަށް އެއްކުރާށެވެ. އަދި އޭގެ ތެރެއަށް ހޫނު ފެން ފޮދެއް އަޅާށެވެ. ފެން އަޅާނީ ފަހަރަކު ސަމަސަލަކުން ސަމުސަލަކުން އަޅައި ރަނގަޅަށް ގްލޭޒް ތައްޔާރު ވަންދެނެވެ. އަދި ސިނަމަން ރޯލުތައް ފިހެވުމުން ހިހޫ ކޮށްފައި އޭގެ މަތީގައި ގްލޭޒް ފަތުރާލާށެވެ.

މި ރެސިޕީ އިން 12 ނުވަތަ 15 މީހުންނަށް ވާވަރަށް ތައްޔާރު ކުރެވެނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.