ޖުމްހުރީޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި، ދިވެހިރައްޔިތުންގެ ތެރެއިން އެއްވެސް ރައްޔިތަކު ޙާލުގައި ޖެހިގެން އައި ޓަކިޖަހާލަން ޖެހޭނީ އެންމެ ދޮރެއްގައި ކަމަށާއި އެމީހަކު އެއެދުނު ޚިދުމަތެއް ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވާނެ ކަމަށް އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖޭޕީއަށް ބައެއް މެމްބަރުން ސޮއިކުރުމަށް ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ އެޕާޓީގެ ވެރިކަމުގައި ނަމެއްގައި އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.
"އެންމެ ދޮރެއްގައި ޓަކިޖަހާލަން ޖެހޭނީ އެމީހަކަށް ލިބެންޖެހޭ ހުރިހާ ޚިދުމަތެއް ލިބޭނެ އިންތިޒާމް ގާއިމްކޮށްދޭނެކަން ކަށަވަރު މިކޮށްދެއްނީ މާތްﷲ ގެ އިރާދަފުޅާއެކު،" ޤާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހުސްނުވާ އާސަންދަ ވެސް މިހާރު އޮންހެން ނަމެއްގައި އޭރު ނޯންނާނެ ކަމަށެވެ.
ޖޭޕީގެ ވެރިކަމެއްގައި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ވަކިމީހަކަށް ވަކިމިންގަނޑެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިޖުތިމާޢީ އަދި އިގްތިސާދޯ ޢަދާލަތު ގާއިމް ކޮށްދިނުމުގައި އެއްވެސް ރައްޔިތަކަށް ތަފާތެއް ނުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ދިވެހިރައްޔިތުންނަށް ޚިދުމަތެއް ކުރުމުގައި ޖޭޕީގެ ވެރިކަމެއް އޮންނަ ދުވަހަކު އިޖުތިމާޢީ ޢަދާލަތު ޤާއިމް ކުރުމަށްޓަކައި، އިގްތިސާދީ ޢަދާލަތު ގާއިމް ކުރުމަށްޓަކައި، ތަފާތު މިންގަނޑެއް މިޕާޓީއަކުން ނުގެންގުޅެވޭނެ. އަޅުގަނޑު މިޕާޓީގެ ލީޑަރަކަށްވެ ހުރެގެން ރިޔާސީ ކެންޑިޑޭޓަކަށް މީހަކު ނެރޭއިރު ލާހިކެއްނޫން މިދެންނެވި ކަންކަން ބައިޕާސްކޮށްފައިދާކަށެއް،" ޤާސިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހުސްނުވާ އާސަންދައިން ބަލިމީހާގެ ކެއުމާއި ހުރުން ކަވަރުނުކުރާ ކަމަށެވެ. މާލޭގައި ކޮޓަރި ކުއްޔަށް ހިފައިގެން އެތައް ދުވަހެއްވަންދެން އުޅެފައި ރާއްޖެއިން ބޭރަށްދެވޭއިރު އަތުގައި ޚަރަދުކުރާނެ ފައިސާއެއްނޯންނަ ކަމަށެވެ. އާސަންދައަކާއި އެންސްޕާއެއް ހަދައިގެން ރައްޔިތުންނަށް އުނދަގޫ ޖެއްސުމުގެބަދަލުގައި އެއަށްވުރެ ފަސޭހައިން އެކަންކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށް ޤާސިމް ވިދާޅުވިއެވެ.
މިދުވަސްވަރަކީ އިންކަމްޓެކްސްއާއި މިނިމަމް ވޭޖު ކަނޑައެޅުމުގެ ބަޙުސް ހިނގަމުންދާ ދުވަސްވަރެއް ކަމަށާއި އެކަންވެސް އެންމެ އިންސާފުވެރި ގޮތަށް ކުރުމަށް ޤާސިމް ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ގޮވާލައްވައިފައެވެ.
Kaakubaa thiverikamehga raees akah hunnaanee? Hama Gasim?