މިއަދު 152 މީހުން ޕޮޒިޓިވްވެ ދިވެހިންގެ ޢަދަދު 89 ގައި  

މިއަދު 152 މީހުން ކޮވިޑަށް ޕޮޒިޓިވްވެ ދިވެހިންގެ ޢަދަދު 89 އަށް އަރައިފިއެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 142 މީހުން ޕޮޒިޓިވްވެފައިވަނީ ގްރޭޓަރ މަލޭ ސަރަހައްދުންނެވެ. އަތޮޅުތަކުން 10 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 89 ދިވެހިންގެ އިތުރުން ބަނގްލަދޭޝްގެ 54 މީހަކާއި، އިންޑިއާގެ 5 މީހެއްގެ އިތުރުން ސްރީލަންކާގެ 4 މީހެކެވެ. އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރގެ ތަރުޖަމާނު ވިދާޅުވީ މިއަދު 152 މީހުން ޕޮޒިޓިވް ވެފައިވަނީ 24 ގަޑިއިރުގެ ތެރޭގައި  ކޮވިޑަށް ޓެސްޓް ކުރެވުނު 1490  ސާމްޕަލްގެ ތެރެއިންނެވެ. މިއަދު އަލަށް ބަލި ޖެހުނު މީހުންނާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުލުމަ އަދަދު ވަނީ 3,719 އަށް އަރާފައެވެ.

އަތޮޅު ތަކުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބ. ކަމަދޫ އިން ޕޮޒިޓިވް ވި  މީހަކާއި  ހއ. ކެލާއިން ޕޮޒިޓިވްވި ނުވަ މީހަކެވެ. އެއީ އެރަށުގައި ދުއްވާ މާލެ ދަތުރުކުރާ ބޯޓެއްގެ ކެޕްޓަން ޕޮޒިޓިވްވުމާ ގުޅިގެން ޓެސްޓްކުރެވުނު އެބޯޓްގެ ނުވަ ފަޅުވެރިންނެވެ. މިއަދު  ބަލިން ރަނގަޅުވި 14 މީހުންނާއެކު ބަލިން ރަނގަޅުވި ޖުމުލައަދަދުވަނީ 2568 އަރާފައެވެ. މިވަގުތު ބަލި ޖެހުފައި ތިބީ  1120 މީހުންނެވެ. ކޮވިޑްގައި މިއަދު މަރުވި މީހާއާއެކު ރާއްޖެއިން 16 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.