
މާލެއިން ތިންވަނަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މި މީހާއަކީ ވެސް މާލެއިން ޕޮޒިޓިވް ވި ފުރަތަމަ މީހާ، (MA021) އާ ކޮންޓެކްޓްވި މީހެކެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި މި މީހާ ވެސް ހުރީ އެކަހެރި މަރުކަޒެއްގައެވެ.
މާލެއިން ކޯވިޑް-19އަށް މީހަކު ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ބުދަ ދުވަހުގެ ހެނދުނެވެ. އޭގެ ފަހުން ބުދަ ދުވަހުގެ ރޭ ދެވަނަ ކޭސް އެއް ޕޮޒިޓިވް ވިއެވެ. އެޗްޕީއޭ އިން ހާމަކުރި ގޮތުގައި ދެވަނަ ކޭހަކީ ތުއްތު ކުއްޖެކެވެ. އެއީ މާލެއިން ބައްޔަށް ޕޮޒިޓިވް ވި ފުރަތަމަ މީހާގެ ދަރިފުޅެވެ.
ތިންވަނައަށް ޕޮޒިޓިވް ވި މީހާއާއެކު ރާއްޖެއިން މިހާތަނަށް ޖުމުލައަށް 8 ދިވެއްސަކު ވަނީ ޕޮޒިޓިވް ވެފައެވެ.