ކޯވިޑް ޖެހޭ މީހުން އިތުރުވެ މަރު ގިނަވާތީ ޑރ. ނާޒުގެ ގިނަ ސުވާލުތަކެއް

ކޯވިޑް- 19 ޖެހޭ މީހުން އިތުރުވެ، އެބަލީގައި މަރުވާ މީހުން ގިނަވާތީ ރާއްޖޭގެ މަޝްހޫރު ނަފްސާނީ ޑޮކްޓަރެއް ކަމުގައިވާ  ޑރ. އާޢިޝަތު ޢަލީ ނާޒުގެ ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވައިފިއެވެ.

ޑރ. ނާޒު މިމޭރުމުން ޓްވީޓެއް ކުރައްވައިފައި ވަނީ އިއްޔެގެ ތަފާސް ހިސާބުތަކުން އަލަށް ބަލި ޖެހުނު މީހުންގެ ޢަދަދު ގާތްގަޑަކަށް 200 އަށް އަރައިފައި ވަނިކޮށެވެ. އަދި 24 ގަޑިއިރުތެރޭގައި ކޮވިޑްގައި ދެމީހުން މަރުވެފައި ވަނިކޮށެވެ.

އިންތިހާއަށް ފަރުވާ ކުޑައީތޯ އާއި ނުނީ އިތުރަށް ކުރާނެ ކަމެއްނެތި ގޮތް ހުސްވީތޯ ނާޒު ވަނީ ސުވާލު ކުރައްވައިފައެވެ. ހައްލުކުރާނެ ރިސޯސް ނެތީތޯއާއި މީހުން ރައްކާތެރިކޮށް ބަލި ފެތުރުން ކުޑަކުރާނެ ސްޓްރެޓެޖީއެއް ނެތީތޯ އާއި ނޫނީ ލީޑަރޝިޕް ނެތީތޯ ވެސް ވަނީ ސުވާލުކުރައްވައިފައެވެ.

"ކިތައް މީހުން މަރުވީމަތަ މިއަށްވުރެ ބޮޑަށް މިކަމާ އުޅޭނީ؟ ނޫނީ މި ގޮތް ހަމަ ބަރާބަރީތޯ؟" ޑރ. ނާޒުގެ ޓްވީޓް ނިންމާ ލައްވަމުން ވިދާޅުވެފައި ވެއެވެ.                                      

އިއްޔެގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަލަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދަކީ 194 އެވެ. އޭގެތެރެއިން 167 މީހުންނަކީ ދިވެހިންނެވެ. އިއްޔެ މަރުވި  ދެމީހުންނާއެކު މި ބަލީގައި މަރުވި މީހުންގެ ޢަދަދު ވަނީ 26 އަށް އަރާފައެވެ. 

އިއްޔެގެ ޢަދަދުތަކާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ ޢަދަދު މިވަނީ 6564 ށް އަރާފައެވެ. 166 މީހަކު  ހޮސްޕިޓަލުގައި އެޑްމިޓްކޮށް ދަނީ ފަރުވާ ދެމުންންނެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.