ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަން (އެން.އައިއީ) އިން 2017 ވަނަ އަހަރު ހިންގި ތަފާތު ކޯސްތަކުން ދަސްވެނިވި ދަރިވަރުންނަށް ސަނަދު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ރަސްމިއްޔާތުގައި ދަސްވެނިވެ ސަރޓިފިކެޓް ޙާޞިލް ކޮށްފައިވަނީ އިންކްލޫސިވް އެޑިޔުކޭޝަން ޑިގްރީ ޕްރޮގުރާމް ފުރިހަމަ ކުރި 28 މުދައްރިސުންނާއި، އިންކްލޫސިވް އެޑިޔުކޭޝަން ޑިޕްލޮމާ ޕްރޮގުރާމް ފުރިހަމަ ކުރި 48 މުދައްރިސުންނާއި، ސްކޫލް ލީޑަރޝިފް ކޯސް ފުރިހަމަ ކުރި 8 ޕްރިންސިޕަލުންނެވެ.
އިސްލަމިކް ޔުނިވަރިސިޓީ ގެ ހޯލްގައި އިއްޔެ ބޭއްވި މިޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އއާދަމް ޝަރީފް ޢުމަރެވެ.
އެ ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް ގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީ އާއި އެން،އައި،އީގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ދަސްވެނިންނަށް ސަރޓިފިކެޓް ޙަވާލުކޮށްދެއްވީ، ޝަރަފްވެރި މެހެމާނު މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރާއި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމެވެ. އެރަސްމިއްޔާތުގައި ޑިގުރީ ފެންވަރަށް ދަސްވެނިވެ ޑިގުރީ ދަރަޖަ ޙާޞިލް ކުރި ދަސްވެނިންނަށް ޑިގުރީ ދަރަޖަ ދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަޙުމަދު ޝަފީޢު އެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިސަތު ޝިހާމު ދެއްކެވި ވާހަކަ ފުޅުގައި،ތަޢުލީމު ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ މުވައްޒަފުން ބިނާ ކުރުމުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމު ދެއްވާ ޚާއްޞަ ސަމާލު ކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ދެންނެވިއެވެ. އަދި އެންއައި،އީ ހިންގާ ޓްރޭނިން ޕްރޮގުރާމް ތަކުން ހޯދައިފައިވާ ކުލަގަދަ ކާމިޔާބާ ބެހޭ ގޮތުންވެސް އެކަމަނާ ވާހަކަ ދެއްކެވިއެވެ.