
ހދ.ކުރިނބީ ސްކޫލަށް 5 ކްލާސްރޫމާއި ސްޓާފްރޫމެއް އިތުރު ކުރުމުގެ މަސައްކަތް ކުންފުންޏަކީ ޙަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ. މިއީ ޕީއެސްއައޕީ ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަސައްލަތް ޙަވާލުކޮށްފައިވަނީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. އެކުންފުންނާ އެމަސައްކަތް ޙަވާލުކޮށްފައިވަނީ 360 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އެކުފުންޏާ މަސައްކަތް ޙަވާލުކުރެއްވީ ހަތަރު މިލިއަން ފަސްލައްކަ ހަތްދިހަ ރުފިޔާ އަށްޑިހަ އެއް ލާރި) އަށެވެ.
އެތަން ނިމި 2020 އަހަރު އޮކްޓޯބަރުމަހުގެ ފަހުކޮޅު ބޭނުން ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން އަޙްމަދު ރިޔާޒެވެ. ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އޮފީސް މެނޭޖަރ ފާތިމަތު ލައިސާ ލަތީފެވެ.