ދިރާގުން ކުރިއަށްގެންދާ ފޯރިގަދަ ޓިކްޓޮކް ޗެލެންޖެއްގައި ބައިވެރިވެގެން، ވަރަށް ފަސޭހަކަމާއެކު އެންމެ ފަހުގެ "ބާގަންޑީ" ކުލައިގެ އައިފޯން 18 ޕްރޯ މެކްސްއެއް ކާމިޔާބު ކުރުމުގެ ފުރުސަތު ވަނީ އެންމެންނަށް ހުޅުވައިލައިފައެވެ.
މި ގިވްއަވޭގައި ބައިވެރިވާނެ ގޮތަކީ:
- ޓިކްޓޮކްގައި @dhiraagufans ފޮލޯކުރުން.
- ދިރާގުގެ ރަސްމީ ގިވްއަވޭ ޕޯސްޓަށް ކޮމެންޓްކޮށް، ދެ އެކުވެރިން ޓެގްކުރުން: https://vt.tiktok.com/ZSgSNSuEd/
- ޓެގްކުރާ ދެ އެކުވެރިންނަކީ ވެސް @dhiraagufans ފޮލޯކުރާ ދެމީހުންކަން ޔަގީންކުރުން.
މިހާ ފަސޭހައިން ބައިވެރިވެވޭ މި ގިވްއަވޭ މެދުވެރިކޮށް އެންމެ ފަހުގެ ޕްރީމިއަމް ސްމާޓްފޯނެއް ހޯދުމުގެ ފުރުސަތު 4 ނޮވެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވައިލައިފައެވެ.
ދިރާގުން ދަނީ މި ފަދަ ތަފާތު ފޯރިގަދަ ހަރަކާތްތައް މެދުވެރިކޮށް އެންމެ ފަހުގެ ޓެކްނޮލޮޖީއާއި އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދީ ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.
