
ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަށް ގެނެވުނު ހެޔޮ ބަދަލާއެކު ކަސްޓަމަރުންނަށް މިހާރު "ލިމިޓްލެސް" ސޯޝަލް މީޑިއާ، އެސް.އެމް.އެސް އަދި ކޯލްސް ލިބޭނެއެވެ.
އަޕްގްރޭޑްކޮށްފައިވާ ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަކީ:
- ޕޯސްޓްޕެއިޑް 1000: 40 ޖީބީ ކޯރ ޑޭޓާ + "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސް.އެމް.އެސް އަދި ދިރާގުގެ ހުރިހާ ނަމްބަރުތަކަށާއި އެހެނިހެން ލޯކަލް ނެޓްވޯކަށްވެސް ހިލޭ ގުޅާލެވޭނެއެވެ.
- ޕޯސްޓްޕެއިޑް 1700: 100 ޖީބީ ކޯރ ޑޭޓާ + "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސް.އެމް.އެސް އަދި ދިރާގުގެ ހުރިހާ ނަމްބަރުތަކަށާއި އެހެނިހެން ލޯކަލް ނެޓްވޯކަށްވެސް ހިލޭ ގުޅާލެވޭނެއެވެ.
"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭ، ގިނަ އޮޕްޝަންތަކެއް ލިއްބައިދޭ ޕްރޮޑަކްޓް ޕޯޓްފޯލިއޯ ފަރުމާކުރުމަށް. މިގޮތުން މިގެނުވުނު ބަދަލުތަކާއެކު ކަސްޓަމަރުންނަށް އިތުރު އަގަކާނުލާ ގިނަ ޑޭޓާ ލިބި އަދި އެފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް މަގުފަހިކޮށްދޭނެ." ދިރާގުގެ މެނޭޖަރ ކަސްޓަމަރ ވެލިއު މެނޭޖްމެންޓް، އައިޝަތު އިޝާނާ ވިދާޅުވިއެވެ.
އަޕްގްރޭޑްކުރަން ބޭނުންވާ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް https://bit.ly/Dhiraagu-App މެދުވެރިކޮށް ފަސޭހަކަމާއެކު އަޕްގްރޭޑްކޮށްލެވޭނެއެވެ.
މި ޕްލޭންތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް، http://bit.ly/3lqQGbJ
ދިރާގުން މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށެވެ.