ދިރާގުގެ ރަން ކާށި ބިނދެގެން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު!

ދިރާގުން ފިތުރު އީދަށް ހާއްސަކޮށްގެން ތައާރަފްކުރި ޕްރޮމޯޝަން މެދުވެރިކޮށް ކަސްޓަމަރުންގެ ހާއްސަ ފަރާތްތަކަށް އީދު ހަދިޔާގެ ގޮތުގައި ހިލޭ ޑޭޓާ ފޮނުވައިގެން އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު އަދިވެސް ހުޅުވިފައި އެބައޮތެވެ.

މި ޕްރޮމޯޝަނަކީ ދިރާގުގެ ކަސްޓަމަރުންނަށް މި ރަމަޟާން މަހު ކުރިއަށް ގެންދިޔަ މަގުބޫލު "ކާށި ބިނުން" ޕްރޮމޯޝަނަށް ލިބުނު ތަރުހީބަށް ފަހު، އެ ޕްރޮމޯޝަންގެ އިތުރު ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ. މި ގޮތުން، ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ އާއިލާ ނުވަތަ ރައްޓެހިންގެ ތެރެއިން 5 މީހަކަށް ހިލޭ ޑޭޓާ ހަދިޔާކުރުމަށްފަހު ކާށި ބިނދެގެން އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. އަދި، 26 މާރިޗު 2026ގެ ނިޔަލަށް ދިރާގުއެޕް މެދުވެރިކޮށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

މި ގޮތުން، ހަދިޔާ ފޮނުވައިގެން ބިންނަ ކޮންމެ ކާށްޓަކަށް، ހަދިޔާ ފޮނުވާ ކަސްޓަމަރަށާއި ހަދިޔާ ލިބޭ ކަސްޓަމަރަށް ވެސް 5 ރަން ޓިކެޓު ލިބިގެންދާނެއެވެ. މި ރަން ޓިކެޓުތަކުގެ އެހީގައި އަގުހުރި އިނާމުތައް ހޯދުމުގެ ގުރުއަތުގައި ބައިވެރިވެ، އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު އިތުރުކުރެވޭނެއެވެ. އަދި، 5 ކާށި ބިނދެގެން ރަން ކާށްޓެއް ބިނދެ، 50 ޓިކެޓް ހާސިލުކުރެވޭނެއެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައަޅައިފައިވާ ހާއްސަ އިނާމުތަކަކީ:

  1. އެޕަލް މެކްބުކް ނިއޯ
  2. ނެސްޕްރެސޯ ސިޓިޒް ކޮފީ މެޝިނެއް، ކޮފީ ޕޮޑްސްއާއެކު
  3. ސޮނީ ޒީވީ-އީ10 ޑީއެސްއެލްއާރް ކެމެރާ
  4. އެމެޒޯން އެލެކްސާ އެކޯ ޑޮޓް (ފިފްތު ޖެން)
  5. އެޕަލް އެއަރޕޮޑް މެކްސް
  6. ޓީޓީ ރޭސިންގް އެއަރ ފްލެކްސް ގޮނޑި
  7. ޓީޓީ ރޭސިންގް ސްމާޓް ޑެސްކް

މި ޕްރޮމޯޝަންގެ ދަށުން ހަދިޔާއެއްގެ ގޮތުގައި ހިލޭ ޑޭޓާ ލިބޭ ޕްރިޕެއިޑް ކަސްޓަމަރުންނަށް އެއް އަހަރު ދުވަހުގެ މުއްދަތައް، ކޮންމެ މަހަކަށް 1ޖީބީ ޑޭޓާ މުޅިން ހިލޭ ލިބި، ކޮންމެ މަހަކު ލިބޭ ޑޭޓާ 5 ދުވަހުގެ މުއްދަތައް ބޭނުންކުރެވޭނެއެވެ. އަދި، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުގައި ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ. މި ޑޭޓާ 24 ގަޑިއިރަށް ބޭނުންކުރެވޭނެއެވެ.

ދިރާގުން ދަނީ އެކި މުނާސަބަތުތަކަށް ހާއްސަކޮށްގެން ކަސްޓަމަރުން އެކަކު އަނެކަކާ ގުޅުވައިދީ، އެއްބައިވަންތަކަން އިތުރުކުރުމަށް އެހީތެރިވުމުގެ ގޮތުން ތަފާތު ޕްރޮމޯޝަންތައް ހިންގައި އަގުހުރި އޮފަރތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.