ޞިއްޙީ ދާއިރާގެ ޚިދުމަތްތައް މެދުނުކެނޑި ދިނުމަށް މަޝްވަރާކޮށްފި

މެދުއިރުމަތީގެ މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޞިއްޙީ ދާއިރާއިން ދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމް އާއި މިނިސްޓްރީގެ އިސްވެރިންގެ އިތުރުން އެސްޓީއޯ، އާސަންދަ، އެންއެސްޕާ އަދި ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ޚާއްސަކޮށް އުފައްދާފައިވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ ފަރާތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިގޮތުން މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާފައިވާ ކަންތައްތަކުގެ ތެރޭގައި ކްރިޓިކަލް ބޭހާއި ކޮންސިއުމަބަލްސް އެތެރެކުރުން އަވަސްކުރުމާއި، ޕްރޮސެސްތައް ސްޓްރީމްލައިންކުރުމާއި، ރާއްޖޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީމަރުކަޒުތަކަށް ބޭނުންވާ އެހެނިހެން ޞިއްޙީ ސާމާނު މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.