މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސްކަމަށާއި މިއަހަރުގެ ފިތުރު އީދު ދުވަހަކީ ހުކުރު ދުވަސްކަމުގައި ކަނޑައަޅައިފިއެވެ.
މިކަން ކަނޑައަޅައި އިއުލާން ކުރައްވާފައިވަނީ، ހަނދު ސާބިތުކުރުމާ ބެހޭ ކޮމިޓީން މިރޭ ބޭއްވި ޖަލްސާއަށްފަހުއެވެ. ހަނދު ސާބިތުކުރުމާއި ގުޅޭގޮތުން އިއްވި ބަޔާނުގައި ވަނީ މިއަދުގެ އިރުއޮއްސޭ ވަގުތު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ޝައްވާލު މަހުގެ ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ނުބެލެވޭކަމަށެވެ. މިނިސްޓްރީން ބުނީ އިސްލާމީ އެހެން ގައުމުތަކަށް ވެސް ޝައްވާލް މަހުގެ ހަނދު މިއަދު ފެނިފައި ނުވުމުގެ އިތުރުން އަދި އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ވެސް، މިއަދު އިރު އޮއްސޭއިރު ހަނދު ފެންމަތީ ހުންނާނެ ކަމަށް ނުދައްކާ ކަމަށެވެ.
އެހެންކަމުުން 1447 ވަނަ އަހަރުގެ ފިތުރު އީދު ދުވަހަކީ މަރޗް 20ވާ ހުކުރު ދުވަސް ކަމަށާއި މަރޗް 19 ވަނަ ދުވަހަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސްކަމަށް ކަނޑައަޅާކަމަށް ވަނީ ބުނެފައެވެ.
އީދު ދުވަހަކީ ހުކުރު ދުވަހަށް ވާއިރު އެދުވަހު އީދު ނަމާދު ބޮޑު ޖަމާއަތުގައި މާލޭގެ 4 ތަނެއްގައިކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

