މަޅުމަތި: ގައުމުގައުމާ ގުޅުން ބޭއްވުން

ސީނުކަރަޔާ ގުޅުން ބާއްވާކަށް ނުވާނެއެވެ. އެއީ ކޮމިއުނިސްޓުންނެވެ. މުޅި ގައުމު ކާލާނެއެވެ.

އަރަބިކަރަޔާ ގުޅުން ބާއްވާކަށް ނުވާނެއެވެ. އެއީ ވައްހާބީންނެވެ. މުޅި ގައުމު މަގުފުރައްދައިފާނެއެވެ.

އުތުރުކަރަޔާ ގުޅުން ބަދަހި ކުރާށެވެ. އެއީ އެކުވެރިންނެވެ. އަމިއްލަ އެދުމެއް ނޯންނާނެއެވެ.

އެ ކަރަޔާ ގުޅުމެއް ނެތިއްޔާ ވާނީ ކީއްހެއްޔެވެ؟

މޭވާޔާ ތަރުކާރީ ނުލިބޭނެއެވެ.

ހިލަވެއްޔެއް ނުލިބޭނެއެވެ.

ޑަކްޓަރަކަށް ނުދެއްކޭނެއެވެ.

ނުކިޔެވޭނެއެވެ.

ތިޔަ ހުރިހައި ކަމެއް އެހެން ގައުމުގައުމުން އެބަ ކުރެވެއެވެ.

ތިޔަ ބުނާ ތަކެތި މިހާރު އެހެން ގައުމުގައުމުންވެސް އެބަގެނެއެވެ.

އެއީ އަވައްޓެރިއެކެވެ. ދުޝްމިނުންގެ ކިބައިން ސަލާމަތް ކުރާން އެންމެ އަވަހަށް އާދެވޭނީ އެ މީހުންނަށެވެ.

ދުޝްމިނުންނަކީ ކޮން ބައެއް ހެއްޔެވެ؟

ބިރު ދައްކާ މީހުންނެވެ.

ބިރު ދައްކަނީ ކޮން ބައެއް ހެއްޔެވެ؟

އުތުރުކަރައިގެ މީހުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.