މަޅުމަތި: އާދަޔާ ޚިލާފު ބަލިމީހެއް

ޑޮކްޓަރު މާޖިދު ބުންޏެވެ.
އިއްޔެ މި ކްލިނިކަށް ވަރަށް އާދަޔާ ޚިލާފު އައެވެ.
އަޑު ގަދަ ވެއްޖެއްޔާ އޭނާއަށް އުނދަގޫވެއެވެ.
މީހަކާ ދިމާއަށް ހުތުރު އެއްޗެއްކިޔާ އަޑު އިވިއްޖެއްޔާ ރޮވޭގޮތް ވެއެވެ.
މަގުމައްޗަށް ކުނި އުކާފައި ހުއްޓާ ފެނުނީމާ ދާހިއްލައެވެ.
މީހަކު ދޮގެއް ހަދައިފިއްޔާ ބިރުގަނެއެވެ.
ރިޝްވަތު ދޭތަން ފެނިއްޖެއްޔާ އަނބުރައިގަނެއެވެ.
މީހެއްގެ އަބުރާ ބެހޭތަން ފެނިއްޖެއްޔާ ގައިން ހީބިހި ނަގައެވެ.
އޭނާ ބޭނުންވީ މި ހުރިހައި ކަމަކަށް ބޭސް ކުރުވާށެވެ.

އަހަރެން އަހައިފީމެވެ.
އޭނާއަށް ބޭސްކުރިން ހެއްޔެވެ؟

ޑޮކްޓަރު މާޖިދު ބުންޏެވެ.
ނުކުރަމެވެ.

އަހަރެން އަހައިފީމެވެ.
އޭނާއަށް ހެދީ ކިހިނެއް ހެއްޔެވެ؟

ޑޮކްޓަރު މާޖިދު ބުންޏެވެ.
އަހަރެން އޭނާ އިމިގްރޭޝަން ޑިޕާޓްމަންޓާ ހަވާލުކުރީއެވެ.
އެއީ ދިވެއްސެއް ކަމާމެދު އަހަންނަށް ޝައްކުވީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.