އެމްޑަބްލިޔުއެސްސީގެ އެޕުން ބިލު ދައްކާ ތިން ފަރާތަކަށް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

އެމްޑަބްލިޔުއެސްސީގެ އެޕުން ބިލު ދައްކާ ތިން ފަރާތަކަށް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި ފަށައިފިއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މިއީ ޕްރޮމޯޝަންގައި އެމްޑަބްލިޔުއެސްސީގެ އެޕް މެދުވެރިކޮށް ބިލު ދައްކާ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް އުމްރާ ދަތުރެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ކަމަށެވެ. އަދި މިއީ އެމްޑަބްލިޔުއެސްސީ އަށް މި އަހަރު 30 އަހަރު ފުރުމާއި ރޯދަ މަހާ ގުޅުވައިގެން އެ ކުންފުނިން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

’އެކުވެރި ރޯދަ 30″  ކެމްޕެއިންގެ ދަށުން ހިންގާ މި ޕްރޮމޯޝަންގެ މަގުސަދަކީ ރޯދަ މަހާއި ގުޅުވައިގެން އެ ކުންފުނީގެ ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ތަނަވަސްކޮށްދިނުމާއެކު ވީހާވެސް ގިނަ ކަސްޓަމަރުން އެމްޑަބްލިޔުއެސްސީގެ އެޕަށް އަހުލުވެރިކޮށް، އެޕް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު އިތުރުކުރުން ކަމަށް ވަނީ ބުނެފައެވެ. އަދި ބިލު ދެއްކުމަށް ކައުންޓަރުތަކަށް ނައިސް ވަގުތު ސަލާމަތްކުރުމުގެ ގޮތުން އެޕް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް އާންމުންނަށް ބާރު އެޅުމަކީ ވެސް އެ ޕްރޮމޯޝަންގެ މަގުސަދެއް ކަމަށް އއެންޑަބްލިއުއެސްސީ އިން ބުނެއެވެ.

މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ތިން ޝަރުތެއް ފުރިހަމަވާ ކަސްޓަމަރުންނަށެވެ. އެއީ:

  1. އެމްޑަބްލިޔުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރަކަށްވުން
  2. ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އެމްޑަބްލިޔުއެސްސީގެ އެޕް މެދުވެރިކޮށް ބިލަށް ފައިސާ ދައްކާ ކަސްޓަމަރަކަށްވުން
  3. ޕްރޮމޯޝަންގެ މުއްދަތު ހަމަވާއިރު ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ އެއްވެސް ފެންބިލެއް ނުވަތަ އަދަދެއް ނުދައްކައި ނެތް ކަސްޓަމަރަކަށްވުން

އެމްޑަބްލިޔުއެސްސީން ބުނީ މި ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ތިން ނަސީބުވެރިން އިއުލާން ކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އުމްރާ ދަތުރުގެ ބޭނުން ކުރަންޖެހޭނެ ކަމަށެވެ. އަދި އުމްރާ ދަތުރު ލިބުނު ފަރާތަށް އެ ދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބުންޏެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިން އިއުލާން ކުރާނީ އެމްޑަބްލިޔުއެސްސީގެ ސޯޝަލް މީޑިއާ، ވެބްސައިޓް އަދި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށެވެ. ގުރުއަތު ނަގާ ތާރީހު ފަހުން ހިއްސާކުރާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.