
ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން ދެ ޖަނަރޭޓަރު ފޮނުވައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ 600 ކިލޯވޮޓުގެ 2 ޖަނަރޭޓަރު ގެންގޮސް، އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.
ކުޅުދުއްފުށީގެ ކަރަންޓު މައްސަލައަށް މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެސިޓިގެ ރައްޔިތުން ވަނީ އޭޕްރީލް މަހުގެ 9 ވަނަ ދުވަހު އެ ރަށުގައި މުޒާހަރާ ވެސް ކޮށްފައެވެ.
އެސިޓީގައި ކަރަންޓިގެ މައްސަލަ ދިމާވީޖެނެރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން، ބޭނުން ކުރަމުންދާ ޖެނެރޭޓަރުތަކަށް ލޯޑު ބޮޑުވުމާ ގުޅިގެންނެވެ.
އެ މައްްސަލަ ހައްލު ކުރެވެންދެން ސްޓެލްކޯގެ ތަޖުރިބާކާރުންގެ ޓީމެއް އެ ސިޓީގައި ހަރަކާތްތެރިވަމުންދާނެ ކަަމަށް ސްޓެލްކޯއިން ވަނީ މީގެކުރިން ބުނެފައެވެ.