ހިޔާ ޓަވަރުން ވެއްޓި ނިޔާވި ކުއްޖާގެ ޖަނާޒާ މިއަދު 10 ޖަހާއިރު

ހުޅުމާލޭގައި ހުންނަ ހިޔާ ޓަވަރުން ވެއްޓުނު ކުއްޖާ ނިޔާވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވިދާޅުވީ އެ ކުއްޖާ ވެއްޓުނީ ހިޔާ ޓަވަރު  6ގެ 12 ވަނަ ފަންގިފިލާ އިން  ކަމަށާއި އެ ހާދިސާގެ މައުލޫމާތު ރޭ 12 ޖަހަން ކައިރިވެފައި ހުއްޓާ ލިބިފައިވާ ކަމަށެވެ.

އެ ކުއްޖާ އަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް އޭރު ގެންގޮސްފައިވާ ކަމަށާއި ހިޔާ ޓަވަރުން ވެއްޓި އަނިޔާވެފައި ވަނީ 15 އަހަރުގެ ފިރިހެން ކުއްޖެއް ކަަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަދި އެ ކުއްޖާ ނިޔާވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ރޭ ވަނީ ވިދާޅުވެފައެވެ.

ނިޔާވެފައިވަނީ ހއ. ދިއްދޫ ސަމަންވިލާ، އުމުރުން 15 އަހަރުގެ އައިހަމް އިސްމާއިލް އެވެ. އޭނާގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިއަދު ހެނދުނު 10 ޖހާއިރު،މަސްޖިދު ޒައިދު ބިން ޘާބިތު (ހުޅުމާލޭ ސަހަރާ މިސްކިތް) ގައެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.