
ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައިހުރި 105 ވެހިކަލް ހުސްވި ހަފްތާގައި ޓޯކުރި ކަމަށް ފުލުހުން ހާމަކޮށްފިއެވެ. މިއަދު ހާމަކޮށްފައިވާ މިދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ޢަދަދަށް ވެހިކަލް ޓޯކުރީ މިދިޔަ މަހުގެ 28 އިން މިމަހުގެ 4 އާ ހަމައަށެވެ. އެއީ ކުރީގެ ހަފްތާއާ އަޅާބަލާއިރު ބޮޑުތަން އިތުރު ޢަދަދެކެވެ. ހުސްވި ހަފްތާގައި ޓޯކޮށްފައިވަނީ 75 ވެހިކަލެވެ.
މިދިޔަ ހަފްތާގައި ފުލުހުންވަނީ 1332 ބަލައި ފާސްކޮށްފައެވެ. ކުރީ ހަފްތާގައި ބަލައި ފާސްކޮށްފައިވަނީ 196 ވެހިކަލެވެ. މިދިޔަ ހަފްތާގެ ހިސާބުތައް ދައްކާ ގޮތުން މަގުމަތީގައި 44 އެކްސިޑެންޓު ހިނގައި 5 މީހަކަށްވަނީ އަނިޔާ ވެފައެވެ.
ޤަވާޢިދާ ޚިލާފަށް ޕާކުކޮށްގެން މިދިޔަ ހަފްތާގައި ވަނީ 458 ވެހިކަލެއްގައެވެ. އޭގެ ކުރީގެ ހަފްތާގައި ސްޓިކާ ޖަހައިފައިވަނީ 481 ވެހިކަލެއްގައި ކަމަށް ފުލުހުން ޢާއްމު ކޮށްފައިވާ ހިސާބުތަކުން ދައްކައެވެ.
ލައިސެންސް ނެތި ދުއްވި 94 މީހަކު މިދިޔަ ހަފްތާ ފުލުހުން ވަނީ ހިފަހައްޓައިފައެވެ. އަދި ލައިސަންސް ކާޑުއަތުގައިނެތި ދުއްވި 56 މީހަކުވެސް ވަނީ ހިފަހައްޓައިފައެވެ.
މީގެ އިތުރަށް އިންޝުއަރެންސް އަދި ރޯޑުވާދިނަސްއާއި އަހަރީ ފީ ނުދައްކައި ދުއްވުމުގެ މައްސަލަތައްވެސް ފުލުހުންވަނީ ފާހަގަކޮށްފައެވެ. އަދި ހެލްމެޓު ނާޅައި ދުއްވުމާއި ދުވަމުން ފޯނުން ވާހަކަ ދެއްކުން ނުވަތަ ހެޑުސެޓުއަޅައިގެން ދުއްވުމާއި ޤަވާޢިދާ ޚިލާފަށް ވެހިކަލްތަކުގައި މުދާ އުފުލުމުގެ މައްސަލަތައް ވެސް ފުލުހުންވަނީ ބަލައިފިއެވެ.