މިއަހަރު ބާއްވާ ރިޔާސީ ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކެމްޕެއިން ހަރަކާތްތައް މާލޭގައި މިއަދު ފަށާނެ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނީ ރައީސް ޔާމީންގެ ކެމްޕެއިންގައި މާލޭގައި ޑޯޓު، ޑޯ ކެމްޕެއިން ހަރަކާތްތަކެއް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ "ދޮންމަނިކު ސްކައި ވިއު" ގައި ކަމަށެވެ.
ރައީސް ޔާމީންގެ ކެމްޕެއިން މިއަދު ފަށާއިރު، އެމަނިކުފާނު މިހާރުވެސް ގެންދަވަނީ މާފުށީ ޖަލުގައި 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
މި ކެމްޕެއިން މިއަދު ފަށާއިރު، ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ މުއްދަތަކަށް ޔާމީން ޖަލަށްލުމާ އެކު، ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު ވަނީ ވަރަށް ހަނިވެފައެވެ.
މީގެ އިތުރުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތުގެ ދައުވާގެ އަޑުއެހުންތައް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ޝެޑިއުލްކުރަމުންނެވެ.
ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ފުރުސަތު ހަނިވެފައިވީ ނަމަވެސް އިދިކޮޅުން ތަކުރާރުކޮށް ބުނަމުން ދަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށާއި ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށެވެ.