9 އަހަރަށް ފަހު މަގޫދޫގެ އައު އިންޖީނުގެ ހުޅުވައިފި

ފ. މަގޫދޫގައި އަލަށް އިމާރާތްކުރި ފެނަކަ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިވައިފިއެވެ.

މި އޮފީސް ހުޅުވައިދެއްވީ އެރަށުގެ ބަނދަރު ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފެނަކައިން ބުނީ އެ ރަށުގައި ކުރިން ހުރި އިމާރާތަކީ 9 އަހަރުވެފައިވާ އިމާރާތެއް ކަމަށާއި އެ އިމާރާތުގައި އޮފީހާއި އިންޖީނުގެއަށް ހާއްސަކޮށް ވަކި އިމާރާތެއް ނުހުންނަ ކަމަށެވެ.

އެހެންނަމަވެސް އައު އިންޖީނުގޭގައި އޮފީސް އިމާރާތަކީ 33 ފޫޓު 50 ފޫޓުގެ ބޮޑުމިނުގެ ޒަމާނީ އޮފީސް އިމާރާތެއް ކަމަށެވެ.

ކުރިން ހުރި އިންޖީނުގޭގެ އެތެރޭގައި އޮފީސް ހިންގަމުން އައިއިރު، އެންމެ 3 މުވައްޒަފުން މަސައްކަތް ކުރެވުނު ކަމުގައިވިޔަސް މި އިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ އޮންނާނެ ކަމަށް ވެސް ފެނަކައިން ބުނެއެވެ.

މީގެ އިތުރުން މި އިމާރާތުގައި ރިސެޕްޝަނަކާއި ލޮބީއަކާއި މީޓީންގ ރޫމަކާއި މެނޭޖަރ ރޫމެއް އަދި ޓެކްނިކަލް ސްޓާފް ރޫމަކާއި ރެސްޓް ރޫމަކާއި ޕޭންޓްރީ އަދި ފާޚާނާ ވެސް ހިމެނޭ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން އަންނަނީ މީހުން ދިރިއުޅެމުންދާ ސަރަހައްދާ ދުރުގައި އާ އިންޖީނުގެ އިމާރާތްކޮށް އެތަންތަނަށް ރަށްރަށުގެ އިންޖީނުގެތަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.