
ފ. މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްޓީސީސީ އިން ބުނީ އެ މަސައްކަތް ކުރުމަށް ބޮޑު ޖައްރާފާ މަގޫދޫއަށް މޮބިލައިޒްކޮށް ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން 16 ނޮވެމްބަރ 2022 ވަނަ ދުވަހު އެ މަސައްކަތް ފަށާފައިވާއިރު، ރަށުގެ ބަންޑް ވޯލް ހެދުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ބުންޏެވެ.
މި މަޝްރޫޢުގެ ދަށުން، ރަށުގެ ތަރައްޤީއާއި އެހެނިހެން ބޭނުންތަކަށް ޚާއްސަކުރެވިގެން 17 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައި ވެއެވެ. އަދި އެއަރޕޯޓް ތަރައްޤީ ކުރުމަށް 30.8 ހެކްޓަރުގެ ބިން ހިއްކުމާއި 3,339 މީޓަރުގެ ރިވެޓްމެންޓް ޖެހުމަށް ވެސް ހަމަޖެހިފައި ވެއެވެ.
206.87 މިލިއަން ރުފިޔާގެ މި މަޝްރޫއުގައި 90 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.