މަރު (death) މި ލަފުޒުގެ މާނައެއް ކަމުގައި އިނގިރޭސި ބަސްފޮތުގައި އޮންނަނީ ދިރިހުރުމުގެ އަބަދީ ނިމުން މިހެންނެވެ.
Permanent cessation of life
މިއީ މަރުގެ ލުޣަވީ މާނައެވެ. މި ދެމާނައިންވެސް ދޭހަ ކުރެވެނީ މަރުގެ އިދިކީލި މާނައެކެވެ. މި މަފުހޫމަށް ބަލާއިރު ދޭހަވާ ގޮތުގައި އިންސާނާ އުފަންވީ ފުރިހަމަ އިންސާނެއްގެ ހައިސިއްޔަތާ އެކުގައެވެ. ވަކި މުއްދަތަކަށް ދުނިޔޭގައި އުޅުމަށް ފަހު އެ ދިރުއުޅުން މުޅިން ނިމެނީއެވެ. އޭނާގެ ހުރިހައި އެދުމަކާއި (desires) ހުރިހައި ސަލާހިއްޔަތެއް ނިމި، އެއިން އެއްވެސް ކަމެއް ދެވަނަ ފަހަރަށް ވުޖޫދަށް އައުން ނާމުމްކިން ކަމަކަށް ވީއެވެ.
މިޔާ ޚިލާފަށް އިސްލާމް ދީން ހުށަހަޅަނީ މަރުގެ ފަހި ތަސައްވަރެކެވެ. އިސްލާމްދީން ބުނާ ގޮތުގައި މަރަކީ ދިރިއުޅުމުގެ ނިމުމެއް ނޫނެވެ. މަރަކީ އިންސާނާ އޭނާގެ ދިރިއުޅުމުގެ ފުރަތަމަ މަރުހަލާ ނިންމާފައި ދެވަނަ މަރުހަލާއަށް ފެށުމެވެ.
Death is not the end of life. Death marks the beginning of the second phase of human life.
އިސްލާމްދީނުގައި ބުނާ ގޮތުގައި އިންސާނާ އުފައްދަވައިފައި ވަނީ އަބަދީ މަޚްލޫޤެއް (eternal being) ގެ ގޮތުގައެވެ. ދިރިހުރުމުގެ ދައުރު (life span) ވަނީ ދެބަޔަކަށް ބަހައިލެވިފައެވެ. އެއީ މަރުވުމުގެ ކުރީގެ ދައުރާއި، މަރުވުމަށް ފަހުގެ ދައުރެވެ. މަރުވުމުގެ ކުރީގެ ދައުރަކީ ތައްޔާރުވުމުގެ ދައުރެވެ. މަރުވުމަށް ފަހުގެ ދައުރަކީ މަރުވުމުގެ ކުރީގެ ދައުރުގައި ތައްޔާރުވީ ކަންތައްތަކުގެ ނަތީޖާއާ ކުރިމަތިލައި، ކުރިމަގު އޮންނާނޭ ގޮތް ދެނެގަނެ ތާއަބަދަށް ދެމިހުރުމުގެ ދައުރެވެ.
މި ތަޚްލީޤީ މަޝްރޫޢުގެ ދަށުން އިންސާނާ ކުރާން ޖެހޭ ކަމަކީ ދިރިއުޅުމުގައި އަންނަ ފުރަތަމަ ދައުރަކީ ނުވަތަ މަރުވުމުގެ ކުރީން އޮންނަ ދައުރަކީ (preparatory period) އަންނާން އޮތް ދައުރަށް ތައްޔާރުވުމުގެ ދައުރުކަން ދަނެގެން ހުރެ، އެންމެ ފުރިހަމަ ގޮތުގައި ތައްޔާރުވަމުން ގެންދިއުމެވެ. އެހެނީ މަރުވުމަށް ފަހު ކުރިމަތިލާން ޖެހޭ ދައުރަކީ ޢަމަލުގެ ދައުރެއް ނޫނެވެ. އެ ދައުރުގައި ޢަމަލުކުރުމެއް ނޯންނާނެއެވެ. އޮންނާނީ ޢަމަލުގެ ނަތީޖާ ލިބިގަތުމެވެ.
މަރުގެ ވާގިއާއަކީ ދިރިއުޅުމުގެ މެސެޖެކެވެ. އެ މެސެޖަކީ މިއީއެވެ. "ކުރާން އޮތް ކަމެއް މި ދައުރުގައި ކޮށް ނިންމާށެވެ. މަރުވުމަށްފަހު އެއްވެސް ކަމެއް ކުރާނޭ ފުރުސަތެއް ނުލިބޭނެއެވެ." (މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް)
Mi liyunthakun vvvv.faidhaa libeyne marah thahyaaru veveythoa masakaiy kureveythoa balaane