
މަރުވެފައިއޮތް މީހަކު ތިލަފުށީ ފަޅުތެރެއިން ފެނިގެން ފުލުހުން އެކަބް ބަލަން ފަށައިފިއެވެ.
އެމީހާ މަރުވެގެން ފެނިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 5:04 އެހައިކަންހާއިރު ކަމަށް ފުލުހުންގެ މީޑިއާއިން ވިދާޅުވިއެވެ. ފުލުހުން މިހާރުވަނީ އެމީހާ ފެނުނު ސަރަހައްދަށް ގޮސް އެކަން ތަހުގީގު ކުރަން ފަށައިފައެވެ. "ފުލުހުން މިހާރުވަނީ ސީންއަށް ގޮސްފައި. އެކަމާ ގުޅިގެން ބަލަންޖެހޭ ބެލުންތައް ބަލަމުން ފުލުހުން މިވަގުތުދަނީ. އިތުރު އެއްވެސް މައުލޫމާތު ލިބޭވަރަކުން ހާމަކުރާނަން،" ފުލުހުންގެ މީޑިއާއިން ވިދާޅުވިއެވެ.
ބައެއް ނޫސްތަކުން ބުނެފައިވަނީ މަރުވެފައިވަނީ އެމްޓީސީސީގައި މަސައްކަތް ކުރަމުންއައި މީހެއް ކަމަށެވެ. އޭނާއަކީ ހދ. ކުޅުދުއްފުށްޓަށް އުފަން މީހެއް ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ.