
ރައީސް ޔާމީންގެ އަޑު ކަނޑުވައެއް ނުލެވޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން ބޭއްވި “ދުއްޕާން” ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ވިސްނުންވެސް ބަދަލު ނުކުރެވޭނެ ކަމަށާއިދި ރައީސް ޔާމީންގެ ލަޝްކަރުވެސް ބަދަލު ނުކުރެވޭނެ ކަމަށެވެ.
ގިނަ އަދަދެއްގެ ބަޔަކާއެކު ޕީޕީއެމް އިން ރޭ ބޭއްވި ޖަލްސާގައި އަދުރޭ ވަނީ ޖޯޝާއި ފޯރީގައި ވާހަކަ ދައްކާ، ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެގޮތުން އިންތިޚާބު ކާމިޔާބު ކުރާނެ ފޯމިއުލާ އޮތް ކަމަށް ރައީސް ސޯލިހް ވިދާޅުވެފަތީ، އެކަމަށް ރައްދު ދެއްވާ އަދުރޭ ވިދާޅުވީ އެ ފޯމިއުލާ އޮތީ ޕީޕީއެމްގެ އަތުގައި ކަމަށާއި 2023 ގައި ފޯމިއުލާ ހިފައިގެން ނިކުމެ ފޯމިއުލާ ރަނގަޅަށް ދައްކާލާނެ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓުލާ ކަރުދާހުގައި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެކަމަށް އަދުރޭ ވިދާޅުވާ ވިދާޅުވުން ރޭގެ ޖަލްސާގައި ވެސް އޭނާ ވަނީ ތަކުރާރުކުރައްވާފަ އެވެ.