ފިޔޯރީ އާއި މަޑަވެލީގައި އައިސް ޕްލާންޓު އެޅުމަށް ފެނަކަ އާ ހަވާލުކޮށްފި

ގދ. ފިޔޯރީ އާއި އެ އަތޮޅު މަޑަވެލީގައި އައިސް ޕްލާންޓް އެޅުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފި އެވެ.

ފިޝަރީޒް މިނިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޔާމީނެވެ. ފެނަކަ ކޯރޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައީދު މުޙައްމަދެވެ.

މިއިން ކޮންމެ ރަށެއްގައި ވެސް 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރުމަށް ނިންމާފައިވާއިރު، 170 ދުވަހުގެ ތެރޭގައި މި ދެ އައިސް ޕްލާންޓް ނިންމަން ޖެހެއެވެ.

މިއިން ކޮންމެ އައިސް ޕްލާންޓެއްގެ އަގަކީ 4.89 މިލިއަން ރުފިޔާ އެވެ.

މި ސަރުކާރުން މިހާތަނަށް ރާއްޖޭގެ 10 ސަރަހައްދެއްގައި ވަނީ އައިސް ޕްލާންޓް ޤާއިމުކޮށްފައެވެ. އޭގެތެރޭގައި ރ. މަޑުއްވަރީ، ބ. ތުޅާދޫ، ޅ. ފެލިވަރު، ކ. ގާފަރު، ފ. ފީއަލި، ފުވައްމުލައް ސިޓީ، އަދި ސ. ހުޅުމީދޫގައި 2 އައިސްޕްލާންޓް ހިމެނެއެވެ. މިއީ މުޅިންވެސް 25 ޓަނުގެ އައިސް ޕްލާންޓްތަކެވެ.

މިއަހަރު ނިމުމުގެ ކުރިން އިތުރު 15 އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. މިއީ މަސްވެރިންނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަސޭހަކަމާއެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.