
ފަނަކަ ކޯޕަރޭޝަނުން ރަށްރަށަށް ދެމުން ގެންދާ ޚިދުމަތްތަކުން ހދ. މަކުނުދޫ މަހުރޫމް ނުކުރައްވާނެ ކަމަށް އެކުންފުނީން ވިދާޅުވެއްޖެއެވެ.
ރ. އަތޮޅަށާއި ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރެއްގައި އެކުންފުނީގެ މެނޭޖިން ޑީރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު މިއަދު ވަނީ މަކުނުދުއަށް ވަޑައިގެން އެރަށުގެ ބައެއް މީހުންނާއި އެރަށުގައި ހުންނެ ފަނަކަ އޮފީހުގެ މުވައްޒަފުންނާ ބައްދަލު ކުރައްވައިފައެވެ.
އެބައްދަލު ކުރެއްވުމުގައި ސަޢީދު ވިދާޅުވީ އެކުންފުނިން ދެއްވާ ޚިދުނަތުގައި އެރަށާއި އެހެން ރަށްރަށާ އެއްވެސް ތަފާތެއް ނުކުރައްވާނެ ކަމަށެވެ. އަދި އެއްވެސް އުނި އިތުރެއް ވެސް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެ ޔަޤީންކަން އެރަށުގެ ރައްޔިތުންނާއި އެރަށުގައި މަސައްކަތް ކުރައްވާ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް ދެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަކުނުދުއަކީ އެހެން ރަށްރަށާ ތަންކޮޅެއް އެކަހެރިކޮށް އޮންނަ ރަށެކެވެ. އެކަހެރިކޮށް އޮތުމަކީ އެހެން ޚިދުމަތް ދިނުމުގައި އެރަށް އިސްތިސްނާވާން ޖެހޭ ސަބަބެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.