ޔުކްރޭނަށް ހުޅަނގުންދޭ ހަތިޔާރުގެ އެހީއަކީ ދަރަންޏެއް

ރަޝިއާ – ޔުކްރޭން ހަނގުރާމައިގާ ހުޅަނގުގެ ޤައުމުތަކުން ޔުކްރޭނަށްދޭ އަގުބޮޑު އަދި ޒަމާނީ ހަތިޔާރުގެ އަގު، ނުވަތަ ބިލް، ޔުކްރޭނުން އަދާކުރަން ޖެހޭނެ ހެއްޔެވެ؟ ނުވަތަ އެއީ، ޔުކްރޭނަށް ހިލޭ ހަދިޔާކުރާ އެއްޗެއް ހެއްޔެވެ؟ މިއީ ވަރަށްގިނަ ބައެއްގެ ހިތުގައި އުފެދޭނެ ސުއާލެކެވެ. އިންސާނިއްޔަތަށްޓަކައި ދެވޭ އެހީއަކީ ހިލޭ ކުރެވޭ ޚައިރާތެކެވެ. އޭގެ އަގު ދައްކާކަށް ނުޖެހޭނެއެވެ. އެއީ ޤައުމުތަކުން، އިންސާނިއްޔަތަށްޓަކައި ހިލޭ ވެދޭ އެހީތެރި ކަމެކެވެ. އެއީ ފެށުނީއްސުރެ އެކަން އޮތް ގޮތެވެ. އެހެންނަމަވެސް، އެއްޤައުމުން އަނެއް ޤައުމަށް، ހަނގުރާމައިގެ ޙާލަތުގައި ފޮނުވޭ ހަތިޔާރަކީ، ޢާންމުގޮތެއްގައި ވިއްކާ އެއްޗެކެވެ. ނުވަތަ، ކުއްޔަށް ދެވޭ އެއްޗެކެވެ. ހަނގުރާމައިގެ ވަގުތުގައި އެހީވާތީ، ހިލޭ ދޭ އެއްޗެއްހެން ހީވަނީއެވެ.

ޔުކްރޭނަށް އެމެރިކާއިންދޭ ހަތިޔާރުގެ މަދަދަކީ، ޔަހޫދީން ޔަހޫދީންނަށް ދޭ އެއްޗެކެވެ. ޔަހޫދީ އިސްރާއީލަށް، ޔަހޫދީ އެމެރިކާއިން ދޭ އިޔަހޫދި އެހީތެރި ކަމެކެވެ. ހަތިޔާރު ދެނީވެސް ޔަހޫދީންނެވެ. އޭގެ އަގު ދައްކާނީވެސް ޔަހޫދީންނެވެ.

ހަތިޔާރު ފޮނުވެނީ، ދެޤައުމެއްގެ ދެމެދުގައި ކުރެވޭ އެއްބަސްވުމެއްގެ ދަށުން، ކުއްޔަށް ނުވަތަ އަގު ދައްކާ ގޮތަށެވެ. އެމެރިކާއިން ޔުކްރޭނަށް ހަތިޔާރު ދިނުމަށްޓަކައި، "ދަ ޔުކްރޭން ޑިމޮކްރަސީ ޑިފެންސް ލެންޑް - ލީޒް އެކްޓް 2022" ގެނަމުގައި އެމެރިކާގެ ކޮންގްރެސް އިންވަނީ ޤާނޫނެއް ފާސްކޮށްފައެވެ. މި ޤާނޫނުގެ ދަށުން، ޔުކްރޭން ސަރުކާރަށް ތަކެތި ދޫކުރުމުގެ ދޮރު، އެމެރިކާ ސަރުކާރަށް ފަހިވިއެވެ. އެމެރިކާއިން، ޔުކްރޭނަށް މިތަކެތި ފޮނުވަނީ، ދެވަނަ ބޮޑު ހަނގުރާމައިގާ، 1944 ވަނައަހަރު، ރޫސީވިލާތުން ޔުކްރޭން ހިފުމާގުޅިގެން އެމެރިކާއިން ފާސްކުރި "ވޯލްޑް ވޯރ 2 ލެންޑް – ލީޒް އެކްޓް" އާ އެއް އުޞޫލަކުން، އެހަމައިގައެވެ. މި ޙަޤީޤަތަކީ، ގިނަބަޔަކަށް އެނގިފައި ނުއޮންނަ އެއްޗެކެވެ.

އެ ޤާނޫނުގެ ދެ ވަނަ ބާބުގެ 3 ވަނަ ނަންބަރުގައި ބުނެފައިވަނީ، "(3) ޝަރުތު : ބޭރު ޤައުމުތަކުގެ ސަރުކާރުތަކަށް،  ލޯނުގެ ގޮތުގައި ނުވަތަ ކުލި ދައްކާގޮތަށް ދޫކުރެވޭ ދިފާޢީ ކޮންމެ އެއްޗަކީ، މި މާއްދާގެ އެއްވަނަ ޕެރެގްރާފްގެ ދަށުން، އެ އެއްޗެއް އަނބުރާ ދައްކަން، ނުވަތަ އޭގެ އަގު އަނބުރާ ދައްކަން، ނުވަތަ ފައިސާއިން އަގުދައްކަން، އެމެރިކާގެ ކަމާގުޅޭ ޤާނޫނުތަކުން ލާޒިމްކުރާ ތަކެއްޗެވެ."

ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި ޔުކްރޭން ހިފަން ރޫސީވިލާތުން ކުރި ހަނގުރާމައިގާ، އެމެރިކާއިން ރޫސީވިލާތަށް  ފޮނުވި ތަކެއްޗަށް، އެމެރިކާއިން 2.6 ބިލިއަން ޑޮލަރުގެ ބިލެއް ރޫސީވިލާތަށް ފޮނުވިއެވެ. އެއީ އެމެރިކާއިން ދިން ހަތިޔާރުގެ ބަދަލުގައި ރޫސީވިލާތުން ދައްކަންޖެހުނު އަގެވެ. އޭރު ރޫސީވިލާތަށް ބޭނުންވެފައި އޮތީ ހަތިޔާރެވެ. ބަދަލުގައި ދައްކަންޖެހޭނެ ފައިސާއަކަށް ނުވިސްނައެވެ.

ޗާޗިލް، ރޫޒަވެލްޓް އަދި ސްޓާލިން

ފައިސާ ދައްކަންޖެހުމުން،  އެއްފަހަރާ އެފައިސާ ދެއްކުމަކީ، ރޫސީވިލާތަށް ކުރެވެން އޮތް ކަމަކަށް ނުވިއެވެ. އަދި އެކަމާބެހޭގޮތުން ދެ ޤައުމުގެ ދެމެދުގައި ބަޙުސްކުރަން ފެށުނެވެ. 1948 ގައި މިކަމާބެހޭގޮތުން ދެ ޤައުމުން ވާހަކަ ދައްކަން ފެށިއިރު، ރޫސީވިލާތުން އެމެރިކާއަށް ދައްކަން ޖެހުނު 2.6 ބިލިއަން އެމެރިކާ ޑޮލަރު، 30 އަހަރަށް ބަހައިލައިގެން، އަހަރަކު  2.3 އިންސައްތައިގެ އިންޓަރެސްޓަކާއެކު ދައްކާގޮތަށް، އޮތީ ހަމަޖެހިފައެވެ. އެކަމަށް ރައްދު ދެއްވައި، އޭރުގެ ރޫސީވިލާތުގެ ލީޑަރ ޖޯސެފް ސްޓާލިން ވިދާޅުވެފައިވަނީ، "ރޫސީވިލާތުން ވަނީ ހަތިޔާރުގެ އަގު، ރޫސީ ހަނގުރާމަވެރިންގެ މަރުން ދައްކާފައި" ކަމުގައެވެ. އެންމެފަހުން، ރޫސީވިލާތުން ދައްކަން އެއްބަސްވީ، 2.6 ބިލިއަން ޑޮލަރުގެ ބަދަލުގައި 170 މިލިއަން ޑޮލަރެވެ. މިޢަދަދު،  އެމެރިކާއިން ރަސްމީގޮތުން ޤަބޫލުކޮށްފައެއް ނުވެއެވެ.

ދެވަނަ ބޮޑުހަނގުރާމައިގާ އެމެރިކާއިން ރޫސީވިލާތަށް ދިން، "ލެންޑް - ލީޒް" ދަރަނީގެ ބަހުސް ނިމުމެއްނެތި ކުރިޔަށް ގެންދެވުނެވެ. އެވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން، އެމެރިކާއިން، ކޮންމެވެސް މިންވަރެއް ބިލުން އުނިކުރިއެވެ. އެހެންނަމަވެސް، ރޫސީވލާތަށް ދެއްކޭނެކަމަށް  އެއްބަސްވީ އޭގެ ކުޑަ މިންވަރެކެވެ. ދެވަނަ ބޮޑުހަނގުރާމައިގާ ރޫސީވިލާތުގެ ބޮލުގައި އެޅިފައި އޮތް ދަރަނީގެ އެއްބަސްވުމުގައި،  ރަސްމީގޮތުން ދެ ޤައުމުގެ ދެމެދުގައި ސޮއި ކުރެވުނީ، އޭގެ 28 އަހަރުފަހުން، 1972 ވަނަ އަހަރުއެވެ. "ކުއްޔަށްދިން ދަރަނީގެ އެހީގެ އެއްބަސްވުން" މި ނަމުގައެވެ. މި އެއްބަސްވުމުގައި އޮތްގޮތުން ރޫސީވިލާތުން 722 މިލިއަން ޑޮލަރު ހޯދައި، އިންޓަރެސްޓާއެކު 2001 ގެ ކުރިން ދައްކައި ހަތިޔާރުގެ ބިލް ޚަލާޞް ކުރަން ޖެހެއެވެ. ކަންދިމާކުރިގޮތުން، ޖެހިގެންއައި އަހަރު، އެމެރިކާއާއި ރޫސީވިލާތުގެ ގުޅުން ގޯސްވެގެން ދިޔައެވެ. އަދި އެމެރިކާއަށް ދައްކަންޖެހުނު ދަރަނި ދެއްކުން ރޫސީވިލާތުން ހުއްޓައިލިއެވެ.

ރޫސީ ލީޑަރ މިޚައިލް ގަރުބަޗޯފް އާއި އެމެރިކާގެ ރައީސް ޖޯޖް ޑަބްލިއޫ ބުޝް

ދަރަނީގެ ކަންތައް ނުނިމި އޮއްވައި، އެންމެފަހުން އެކަން ނިމުމަކަށް އައީ އެމެރިކާގެ ރައީސް ޖޯޖް ޑަބްލިއޫ ބުޝް އާއި ބަރުބަޗޯފާ ދެމެދު ދެކެވުނު މަޝްވަރާތަކަކަށް ފަހުގައި، އޭގެ 46 އަހަރުފަހުން 1990 ގައެވެ. މިއެއްބަސްވުމުގެދަށުން ރޫސީވިލާތުން ދައްކަންޖެހިފައި އޮތް 2.6 ބިލިއަން ޑޮލަރުގެ ބަދަލުގައި ދައްކަން އެއްބަސްވެވުނީ 674 މިލިއަން ޑޮލަރެވެ. އެ ޢަދަދު ދައްކަން އެއްބަސްވީ 2030 ގެ ނިޔަލަށެވެ. ނަމަވެސް، ހަމަ ޖެހިގެން އައިއަހަރު، ރޫސީވިލާތް ރޫޅިގެން ދިޔައެވެ. އެއާއެކު ރަޝިއަން ފެޑަރޭޝަން އުފެދުނެވެ. އަދި އެދަރަނި ރަޝިއަން ފެޑެރޭޝަންގެ ބޮލުގައި އެޅުނެވެ. އަނެއްކާވެސް އިތުރު ޑިސްކައުންޓެއް ދީގެން، އެފައިސާ ރަޝިއަން ފެޑެރޭޝަނުން ދައްކައި ޚަލާޞްކުރީ 2006 ގައެވެ. އެއިރުވެސް، އިނގިރޭސިވިލާތުގެ ބޮލުގައި އެޅިފައި އޮތް ދަރަނި އޮތީ ނުދައްކައެވެ. އިނގިރޭސީންވެސް އެމެރިކާއަށް ދަރާއޮތީ، ދެވަނަ ބޮޑުހަނގުރާމައިގާ އެމެރިކާއަތުން ނެގި ހަތިޔާރުގެ ބިލް ނުދައްކާ އޮތުމުންނެވެ. އެހެންކަމުން، އިނގިރޭސިވިލާތުން ފައިސާ ދެއްކުމުގެ އެތައް ދުވަހެއްކުރިން ރަޝިއަން ފެޑެރޭޝަނުންވަނީ އެމީހުންގެ ބިލް ދައްކައި ދަރަނި ޚަލާޞް ކޮށްފައެވެ.

ދެވަނަ ބޮޑުހަނގުރާމައިގާ، 1944 ގައި، އެމެރިކާއިން ހަތިޔާރުގެ އެހީ ދިނީ ރޫސީވިލާތުން ޔުކްރޭން ހިފަން ކުރި ހަނގުރާމައިގާ ރޫސީވިލާތަށް އެހީވެ، ރޫސީވިލާތަށެވެ. މިފަހަރު، 2022 ގައި، އެމެރިކާއިން ހަތިޔާރުގެ އެހީ އެދެނީ، ހަމަ، ރޫސީވިލާތުން ޔުކްރޭން ހިފަންކުރާ ހަނގުރާމައިގާ، ރޫސީވިލާތާ ދެކޮޅަށް ހަނގުރާމަ ކުރުމަށް، ޔުކްރޭނަށެވެ. މިއަށްވުރެ އިޔަހޫދި ވިޔަފާރިއެއް ދުނިޔެއިން ތަނެއްގައި ހިނގައިފާނެ ބާވައެވެ؟ އެމެރިކާ ކުރިން އޮތީ ޔަހޫދީންނާ ދެކޮޅަށެވެ. މިފަހަރު އެއޮތީ ޔަހޫދީންނާ އެއްކޮޅަށެވެ. ކުރިން، އެމެރިކާގެ ވެރިކަމުގައި ޔަހޫދީންގެ ބާރެއް ނުއޮވެއެވެ. މިހާރު ޔަހޫދީންގެ ހިތްހަމަޖެހޭ ގޮތަކަށް ނޫނީ އެމެރިކާގެ ވެރިކަމެއް ނުހިންގޭނެއެވެ. މިއީ ދުނިޔެ ދައްކާ ތަފާތެވެ.

އެމެރިކާއިން، ޔުކްރޭނަށް މިހާތަނަށް ދީފައިވަނީ 40 ބިލިއަން ޑޮލަރުގެ ހަތިޔާރާއި އެހީއެވެ. ހަނގުރާމަޔާ ގުޅިގެން ޔުކްރޭނުގެ ބޭރުގެ ދަރަނިވެސް މިހާރުވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިއަހަރުގެ ސެޕްޓެމްބަރ މަހާ ހަމަޔަށް، ޔުކްރޭނުގެ ބޭރުގެ ދަރަނި 124 ބިލިއަން ޑޮލަރަށް އަރައިފިއެވެ. އޭގެ ތިންބައިކުޅަ އެއްބަޔަކީ އެމެރިކާއަށް ދައްކަން ޖެހޭ ދަރަންޏެވެ.

ދެވަނަ ބޮޑުހަނގުރާމައިގާ ރޫސީވިލާތުން ނެގި 2.6 ބިލިއަން ޑޮލަރުގެ ހަތިޔާރުގެ އެހީގެ ބިލް ބޮޑު ޑިސްކައުންޓަކާއެކު ރޫސީވިލާތަށް ދެއްކުނީ 62 އަހަރު ފަހުންނެވެ. އިނގިރޭސި ވިލާތުގެ ދަރަނިވެސް ދައްކަން ހަމަ އެމުއްދަތު ނަގާފައި ވެއެވެ. ޔުކްރޭނުގެ 40 ބިލިއަން ޑޮލަރުގެ ހަތިޔާރުގެ (ދަރަނީގެ) ބިލް ދައްކަން، ޔުކްރޭނަށް ނަގާނެ މުއްދަތެއް ނޭނގެއެވެ. އެއްޤަރުނު ނުވަތަ ދެ ޤަރުނުވެސް ނަގާފާނެއެވެ. މިއީ ދުނިޔެ ހިނގާ ގޮތެވެ. މަދު ބަޔަކަށް މެނުވީ، ކަންކަމުގެ ޙަޤީޤަތެއް ނޭނގެއެވެ. އަޑު އިވެނީ އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރުގެ އެހީދިން ވާހަކައެވެ. ހަތިޔާރުގެ އެހީއަށް އެތައް ބިލިއަން ޑޮލަރަކުން ދަރަނިވެރިވާ ވާހަކަ އާއި އެ އެހީއަށް (ދަރަންޏަށް) އަނބުރާ ފައިސާ ދައްކަން ޖެހޭ ވާހަކައެއް ނުދެކެވެއެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކުން، ހަތިޔާރު އުފައްދައި ހަތިޔާރުގެ ވިޔަފާރި ކުރުމުގައި އެތައް އުކުޅުތަކެއް ގެންގުޅެއެވެ. ކުރިން އުފައްދާ ބޭނުންކުރާ ހަނގުރާމަވެރި އާލާތާއި ތަކެތި ޒަމާނީ ކުރުމަށް ފައިސާ ހޯދުމާއި، ދުނިޔޭގެ މައްޗަށް ބާރު ހިންގުމަށާއި ހަންފެތުރުމަށް ދަރަނީގެ އެހީ ދިނުންފަދަ ކަންކަމަކީ ޢާންމު ކަމެކެވެ. އަދި އެހެން ޤައުމުތައް، އެބާރެއްގެ އަތްދަށުލުމަށް ހުޅުވޭ  ހަނި ފުރުޞަތެއްވެސް ދޫކޮށެއް ނުލާނެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.