
އެމްޑީޕީ އަށް މެމްބަރުން އިތުރުކުރުމަށް ގެންދާ ހަރަކާތުގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފް އާއި އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހްމަދު އަކްރަމް އެ ޕާޓީއަށް ސޮއި ކޮށްފި އެވެ.
ޝަރީފް މީގެ ކުރިން ހުންނެވީ އިދިކޮޅު ޕާޓީ، ޕީޕީއެމް ގަ އެވެ.
2018 ގެސ ރިޔާސީ އިންތިޚާބު އޮޅުވާލިކަމަށް ޕީޕީއެމް އިން ވަނީ ޝަރީފަށް ތުހުމަތުކޮށްފަ އެވެ. އެހެންނަމަވެސް އޭނާ ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމާއި ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމު ވެސް އަދާކުރައްވާފައިވާ ޝަރީފް މިހާރު ހުންނެވީ، ސްޓެލްކޯގެ އެމްޑީގެ މަގާމުގަ އެވެ.
އޭނާގެ އިތުރުން އީސީގެ ނައިބު ރައީސަކަށް ކުރިން ހުންނެވި އަހްމަދު އަކްރަމް ވެސް އެމްޑީޕީއަށް ސޮއިކުރައްވާފައިވާ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.
އަކްރަމްއަކީ އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލްކަން ވެސް ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ.