
ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ފަހު ޝިޕްމެންޓް ގެންގޮސްފި އެވެ.
މި މަސައްކަތް ކުރާ ކުންފުނި އެމްޓީސީސީން ބުނީ އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށެވެ.
މީގެ އިތުރުން މި މަޝްރޫގައި ހިމެނޭ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 66 އިންސައްތަ ނިމިފައިވާ ކަމަށް ވެސް ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ފަތާ ސަރަހައްދެއް ތަރައްގީ ކޮށް، 870 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.
މި މަޝްރޫޢަކީ 19.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.