ފަރެސްމާތޮޑާ އެއަރޕޯޓް ކޯޒްވޭގެ މަސައްކަތް ނުހުއްޓި ދަނީ ކުރިއަށް!

ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ކޯޒްވޭ ހެދުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ ސްޕަން ޕައިލްތަށް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް އެ މަސައްކަތް ކުރާ ކުންފުނި، އެމްޓީސީސީ އިން ބުނެފި އެވެ .

އެ ކުންފުނިން ބުނީ ސައިޓުގައި މިހާރު ކުރިއަށްދަނީ ބްރިޖް މަސައްކަތަށް ބޭނުންވާ ޝަޓަރިންގ އާއި ބާ ބެންޑިންގގެ މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 9,780 އަކަ މީޓަރުގެ ސރަހައްދެއްގެ ބިން ހިއްކުމާއި، 120 މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރާނެ އެވެ. އަދި 110 މީޓަރުގެ ބްރިޖެއް އެޅުމާއި، 332 މީޓަރުގެ އެޕްރޯޗް ރޯޑެއް ހެދުމާއި، ޕޭވިން މަސައްކަތް ވެސް ކުރާނެ އެވެ.

މީގެ އިތުރުން މަގުމަތީ ނިޝާނާއި މަގުބައްތި ހަރުކުރުން ހިމެނޭއިރު، މި މަޝްރޫއަކީ 44.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.