އދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް ޝާހިދުގެ ވަދާޢީ ތަގުރީރު މާދަމާ

އދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްގެ ހައިޘިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ދެއްވާ އެންމެފަހު ނުވަތަ ވަދާޢީ ތަގުރީރު މާދަމާ ދެއްވާނެއެވެ.

193 ޤައުމު އެކުލެވޭ އާންމު މަޖިލީހުގެ 143 ޤައުމުގެ ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވައިގެން މިނިސްޓަރ ޝާހިދު އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތު ކާމިޔާބު ކުރެއްވީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައެވެ.

މިއީ އދ.ގެ ރިޔާސަތު ބެލެހެއްޓުމަށް މިއީ 1946 އަހަރުން ފެށިގެން ކޮންމެ އަހަރަކު ގަވައިދުން ބާއްވާ އަންނަ މި އިންތިޚާބެކެވެ.

2021 ސެޕްޓެންބަރު 14 ގައި ފެށުނު ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގެ ފަރާތުން ރިޔާސަތު ބަލަހައްޓަވަން ފޮރިން މިނިސްޓަރ ޝާހިދު ޚިޔާރުކުރެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހެވެ.

މިއީ އދ.ގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހި ރާއްޖޭން ކުރިމަތިލި ފުރަތަމަ ފަހަރުކަމަށްވާއިރު، މިއީ މިހާތަނަށް އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖޭން ބެލެހެއްޓި ފުރަތަމަ ފަހަރުވެސްމެއެވެ.

ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން އދ.ގެ ރިޔާސަތު ބެލެހެއްޓި ހަ ވަނަ ޤައުމެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރައީސް ޝާހިދުގެ "އުއްމީދުގެ ރިޔާސަތު" ބިނާކުރައްވައިފައިވަނީ މިންތީގެ ހަމަހަމަކަން ޤާއިމުކުރައްވައި، އަންހެނުންގެ ކުރިއެރުމަށާއި، ޒުވާނުން ބާރުވެރި ކުރެއްވުމަށާއި ވަކިން ހާއްސަކޮށް ރާއްޖޭގެ ހާރިޖީ ދާއިރާއާ އުސްމިންތަކަށް ގެންދިއުމުގެ މައްޗަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.