ރާއްޖޭގެ ޚާރިޖީ ވަޒީރަކު ރަސްމީ ދަތުރުފުޅެއްގައި ފުރަތަމަ ފަހަރަށް މޮރޮކޯއަށް ވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މޮރޮކޯއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު އެ ގައުމަށް ވަޑައިގެންފިއެވެ.

މިނިސްޓަރުގެ މި ދަތުރުފުޅަކީ ރާއްޖޭގެ ޚާރިޖީ ވަޒީރަކު މިހާތަނަށް މޮރޮކޯއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ. މީގެކުރިން ރާއްޖޭގެ އެއްވެސް ޚާރިޖީ ވަޒީރަކު ރަސްމީ ދަތުރުފުޅެއްގައި މޮރޮކޯއަށް ވަޑައިގެންފައި ނުވެއެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި އެގައުމުގެ ސަރުކާރުގެ އިސްވެރިންނާވެސް ބައްދަލު ކުރައްވައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ކަންކަމާބެހޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ދެގައުމުގެ ގުޅުން ބަދަހި ކުރުމުގެ ބަޔެއް އެއްބަސްވުން ތަކުގައި ސޮއި ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި މިނިސްޓަރުގެ މިދަތުރުފުޅުގައި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޚަލީލް އާއި، ދިވެހި ރާއްޖެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހުސެއިން ނިޔާޒް އާއި މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަހްމަދު ޝިއާންގެ އިތުރުން އެސިސްޓަންޓް ޑިރެކްޓަރ މުއުމިނާ އިބްރާހިމްވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.