ޑީ.ޖީ.ޖީ އަށް ސައިން-އަޕް ކޮށްގެން ޕީއެސް 5 ޕްރޯއެއް ހޯދުމުގެ ފުރުސަތު

ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސައިން-އަޕް ކޮށްގެން ޕްލޭސްޓޭޝަން 5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މިއީ، ގޭމް ކުޅުންތެރިންނަށް އެންމެ ފަހުގެ ޕްލޭސްޓޭޝަނަށް އަޕްގްރޭޑްކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުންހިފައި، މި ލަކީޑްރޯގައި ބައިވެރިވުމަށް ހަދަންޖެހޭގޮތަކީ:

  1. ޑީ.ޖީ.ޖީއަށް ސައިން-އަޕް ކުރުން: https://dgg.mv/sign-up
  2. އަމިއްލަ ނަންބަރު ވެރިފައިކުރުމަށްފަހު ޔޫޒަރ-ނޭމް އަޕްޑޭޓްކުރުން

މިހާ ފަސޭހައިން ބައިވެރިވެވޭ ގޮތަށް 16 ސެޕްޓެންބަރުގެ ނިޔަލަށް ކުރިއަށްގެންދާ މި އަގުހުރި ލަކީ ޑްރޯގައި ރާއްޖޭގެ ކޮންމެ މީހަކަށް ވެސް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވައިލައިފައެވެ. އަދި، ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރިއަކަށް މުޅިން އައު ޕީ.އެސް5 ޕްރޯއެއް ލިބިގެންދާނެއެވެ. މި ލަކީ ޑްރޯގެ ނަސީބުވެރި ފަރާތްތައް ދިރާގުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޑީ.ޖީ.ޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، ދިވެހި ގޭމަރުންނަށް އެންމެ ފަހުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެދެމުންނެވެ. އަދި، ޑީ.ޖީ.ޖީއިން ދަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމިންގ ހުނަރު އިތުރުކުރުމަށް ގިނަ ފުރުސަތުތަކެއް ހޯދައިދެމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.