ޔުކްރޭންގެ ޚަރްކީވްގައި ރަޝިޔާ ސިފައިން ފަހަތަށް ޖެހެނީ

ރަޝިޔާ ސިފައިންގެ އުޅަނދުތައް ޔުކްރޭނުގައި ހަރަކާތްތެރިވަނީ

ޔުކްރޭންގެ އިރުއުތުރުގައި އޮންނަ ޚަރްކީވް ޕްރޮވިންސުގެ ބައެެއް ސަރަހައްދުތަކުން ސިފައިން ފަހަަތަށް ޖެހެމުންދާކަން ރަޝިޔާއިން ޔަގީންކޮށްދީފިއެވެ. އެ ޕްރޮވިންސުގެ ދެ ސަރަހައްދަކުން ސިފައިން ފަހަތަށް ޖައްސަމުން ދާކަމުގައި ރަޝިޔާއިން ބުނެފައި މިވަނީ ޔުކްރޭންގެ ސިފައިން އެ ޕްރޮވިންސުގައި ވަރުގަދަ ރައްދު ހަމަލާއެއް ފަށާފައި ވަނިކޮށެވެ.

ރަޝިޔާއިން ބުނީ ޚަރްކީވްގެ އިތުރަށް އިރުމަތީގައި އޮންނަ އިޒްޔުމްއާއި ބަލަކްލިޔާ ސަރަހައްދުން ސިފައިން ފަހަތަށް ޖައްސާފައި ވަނީ އެ ސަރަހައްދުގައި ލަޝްކަރުތައް އަލުން ތަރުތީބުކޮށް ރުކުރުވާލުމަށް ކުރާ މަސައްކަތެއްގެ ބައެއްގެ ގޮތުގައެވެ. ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ހާމަކުރި ގޮތުގައި މިކަމުގެ ބޭނުމަކީ އިރުމަތީގެ ޑޮނެޓ    ްސްކް ސަރަހައްދުގައި އޮތް ލަޝްކަރު އިތުރަށް ވަރުގަދަކުރުމެވެ.

އެެހެންނަަމަވެސް، ޔުކްރޭންގެ އަސްކަރިއްޔާއިން ބުނެފައި ވަނީ 'ވިދުވަރެއްހާ' އަވަސް ރައްދު ހަަމަލާތަކެއްގައި ޔުކްރޭންގެ ސިފައިން ރަޝިޔާ ސިފައިންގެ މައްޗަށް ކުރިއެރުން ހޯދަމުންދާ ކަމުގައެވެ. އެ ގޮތުން އިރުމަތީގައި އޮންނަ ކުޕިއާންސްކް އަވަށުން ރަޝިޔާ ސިފައިން ފަހަތަށް ޖައްސައި، އެ އަވަށްހިފާފައިވާ ކަމަށް ޔުކްރޭނުން ބުނެފައި ވެއެވެ. މި އަވަށަކީ ޔުކްރޭނުގައި ތިބި ރަޝިޔާ ސިފައިންނަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ބޭނުންކުރަމުން އައި މަރުކަޒެކެވެ.

ބުނެވޭ ގޮތުގައި އިޒިޔުމް އަވަށުން ފައިބަން ޖެހުމަކީ ރަޝިޔާ ސިފައިން ޔުކްރޭނަށް އަރައިގަތް ފަހުން ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީއެވެ. ރަޝިޔާ ސިފައިން ފަހަތަށް ޖެހުނީކަމަށް އެގައުމުން ބުނާއިރު، ޔުކްރޭނުން ބުނީ ޔުކްރޭން ސިފައިންދާ އަވަސް ރައްދު ހަމަލާގައި ރަޝިޔާ ސިފައިން ބަލިވަމުން ދަނީކަމުގައެވެ.

ޔުކްރޭންގެ ރައީސު ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވިގޮތުގައި ޔުކްރޭން ސިފައިންގެ ރައްދު ހަމަލާގައި 2000 އަކަކިލޯމީޓަރުގެ ސަރަހައްދެއް މިނިވަންކޮށްފައިވާ ކަމުގައެވެ.

ޚަބަރުތައް ބުނާގޮތުގައި ޔުކްރޭން ސިފައިންގެ ހަމަލާތައް ވަރުގަދަކުރަމުން ދާއިރު އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ތިބި ރަޝިޔާ ސިފައިންނަށް ދަނީ މައްސަލަތައް ކުރިމަތިވަމުންނެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.