ކަމަދޫ ބަނދަރު ތަރައްގީކުރުމުގެ ބޮޑުބައި ނިމިއްޖެ

ބ. ކަމަދޫ ބަނދަރު ތަރައްގީކުރުމުގެ ބޮޑުބައި ނިމިއްޖެއެވެ.

މި މަސައްކަތްކުރާ ކުންފުނި އެމްޓީސީސީން ބުނީ އެރަށު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 25،636 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް 180 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ނިންމާފައެވެ. އަދި 628 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ވެސް ހިމެނެއެވެ.

މީގެ އިތުރުން 346 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާ ހާބަރ ޕޭވްމަންޓް ހަދާ ރޭމްޕެއް ހެދުން ވެސް މި މަޝްރޫޢުގައި ވަނީ ހިމަނާފައެވެ.

47.01 މިލިއަން ރުފިޔާގެ މި މަޝްރޫޢުގައި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ހިމަނާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.