
ބ. ކެންދޫގައި ހަދާ ފަތާ ފެންގަނޑުގެ މަސައްކަތް ނިމިއްޖެ އެވެ.
އެމްޓީސީސީން ބުނީ އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ފަތާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިވާ ކަމަށެވެ.
މީގެ އިތުރުން މި މަޝްރޫއު ގައި ހިމެނޭ ބޭރުތޮށި ލުމުގެ މަސައްކަތުގެ 65 އިންސައްތަ ނިމިފައިވާ ކަމަށް ވެސް ބުންޏެވެ.
މި މަޝްރޫޢުގެ ދަށުން، ފަތާ ސަރަޙައްދެއް ކޮނުމާއި، 803 މީޓަރު ބޭރުތޮށި ލުމަށް ވަނީ ނިންމާފަ އެވެ. އަދި 110 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.
މިއީ 41.1 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.