މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެ

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެއެވެ.

މިރޭ ގެ ވަގުތެއްގައި މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ ސެންޓްރަލް ހޮޓަލުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

އެ އިދާރާއިން ބުނީ މިވަގުތު މާލެއަށް ކަރަންޓު ދެމުންދާ ފީޑަރުތަކުގެ ތެރެއިން ހަތަރު ފީޑަރެއް ނިވިފައިވާއިރު، މާލޭގެ ކަރަންޓު ނެޓްވޯކް ސްޓޭބަލް ކުރުމަށްޓަކައި އިތުރު ދެ ފީޑަރެއް ނިއްވާލަން ޖެހިފައިވާ ކަމަށެވެ.

"މިއާއެކު ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ.ނިވިފައިވާ ފީޑަރުތަކުގެ ތެރެއިން ދެ ފީޑަރު ފިޔަވާ އެހެން ހުރިހާ ފީޑަރެއް މިހާރުވަނީ އެނަޖައިޒް ކުރެވި، ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ބައެއް ހިސާބުތަކަށް އަލުން ކަރަންޓުދޭން ފަށާފަ." ސްޓެލްކޯ އިން ބުންޏެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.