
މަންކީ ޕޮކްސް އަށް ޝައްކުރެވޭ އަލާމާތްތަކާއެކު ރާއްޖެއިން މީހަކު ފެނިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބަލީގެ އަލާމާތްތަކާއެކު ފެނުނު މީހަކީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކި މީހެކެވެ. އަދި އެއީ ޔޫރަޕުގެ ގައުމަކަށް ނިސްބަތްވާ މީހެކެވެ.
އެމީހާގެ ގައިގާ ނަގާފައިވާ ފޮޅުތަކުން އެއީ މަންކީ ޕޮކްސް ނުވަތަ މަކުނު ވިދުރި ކަމަށް ޝައްކު ކުރެވިގެން އެމީހާގެ ސާމްޕަލް ނަގައި،އެމީހާ މިހާރުވަނީ އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގައި އެކަހެރިކޮށްފައެވެ.
އެޗްޕީއޭ އިން ބުނީ އެމީހާގެ ހާލަތު ގާތުން ބަލަމުން އަންނަކަމަށާއި އެމީހާގެ ގައިން ފެނުނީ މަކުނު ވިދުރިކަން އަދިކަށަވަރު ނުވާ ކަމަށެވެ.