އެސްޓިއޯ މިއަހަރުގެ ވެއަރހައުސް ސޭލް ބޮޑު ޑިސްކައުންޓަކާއެކު ފަށަނީ

ބޮޑު ޑިސްކައުންޓަކާއެކު އެސްޓިއޯގެ ވެއަރހައުސް ސޭލް ޖުލައިމަހު ފަށަން ނިންމައިފިއެވެ. އެ ސޭލް ކުރިއަށް ގެންދާނީ ޖުލައި 2 އިން 6 އަށް ކަމަށް އެސްޓީއޯއިން ވިދާޅުވެފައިވެއެވެ.

"އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް މި ސޭލް ކުރިޔަށްދާނީ އަމީނީމަގު އެސްޓީއޯ ސުޕަރމާޓް ގުދަން (7ނަންބަރ ކޮށި) ގައެވެ. ކޮންމެ ރެއަކު 20:00 އިން 23:00  ކުރިއަށްދާ މި ސޭލްގައި އިލެކްޓުރޯނިކް އައިޓަމްތައް ވަރަށް ހެޔޮއަގުގައި ލިބެން ހުންނާނެ،" ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. މީގެ އިތުރުން މި ސޭލްގައި އެހެނިހެން ސާމާނު ވެސް ވަރަށް އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ފިލިޕްސް،ހިޓާޗީ،ނިޕޯން، މަކިޓާ އަދި ސުޕަރމާކެޓުން ވިއްކާ ގޭތެރޭގެ ސާމާނާއި ބަދިގެއަށް ބޭނުން ވާ ސާމާނުވެސް މި ސޭލްގައި ލިބެނުން ހުންނާނެއެވެ.

މި ސޭލްގެ ފަހު ދެދުވަހު (ހުކުރު ،ހޮނިހިރި)ގައި ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 ކުރިއަށްދާނެ ކަމަށްވެސް އެސްޓީއޯއިން ވިދާޅުވިއެވެ.

ވެއެއަރހައުސް ސޭލް ކުރިއަށްދާއިރު މިސޭލަށް ޒިޔާރަތް ކުރައްވާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. އަދި ކޮންމެ ރެއަކު ގުރުއަތުން ނަސީބުވެރި ފަރާތެއް ހޮވާނެއެވެ.

އެސްޓީއޯއިން ވިދާޅުވީ ކޮންމެ އަހަރަކު އެކުންފުނިން ބާއްވަމުން ގެންދަވާ މި ސޭލަށް ޢާއްމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.