އިސްލާމިކް މިނިސްޓްރީން "ދައުރާ ޕްރޮގްރާމް" ފަށައިފި

ސަޢުދީ ޢަރަބިއްޔާއިން މިސަރަޙައްދުގައި ޤާއިމްވެފައިވާ ސަޢުދީ އިސްލާމިކް އެފެއާޒްގެ ދީނީ ކަންކަމާ ބެހޭ މުއައްސަސާއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ކުރިއަށްގެންދާ ދައުރާ ޕްރޮގްރާމް ފަށައިފިއެވެ.

އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރް ޢަލީއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އިސްލާމްދީން ފެށިގެން އައިސްފައިވަނީ ޖަހާލަތުގެ އަނދިރިކަމުގެ ތެރޭގައި އޮއްވާކަން ފާހަގަކުރައްވާ ރަސޫލާ صلى ﷲ عليه وسلم ވަޑައިގެން އިސްލާމްކަމުގެ ނޫރުން އުންމަތް އަލިކޮށްދެއްވިކަމަށް ވިދާޅުވިއެވެ.

އިސްލާމްދީން އައުމުން މުޅި ދުނިޔެއަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަމަން އަމާންކަންކަމަށާއި މުޖުތަމަޢު އަމާންކޮށް ބޭއްވުމުގައި ޢިލްމުވެރިންގެ ދައުރު ބޮޑުކަން ފާހަގަކުރައްވާ ޢިލްމުވެރިންނަކީ މުޖުތަމަޢުގެ ޤަދަރުވެރި ބައެއްކަމާއި ރިވެތި ނަމޫނާ ދައްކަވަން ޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާއިން މިސަރަޙައްދުގައި ދީނީ ކަންކަން ރާވާ ހިންގުމުގައި އުޅުއްވާ ފަޟީލަތުއް ޝައިޙް ބަދްރު ބިން ނާޞިރް އަލްޢިންޒީއާއި ދިވެހިރާއްޖެއަށް ސަޢުދީ ޢަރަބިއްޔާއިން ކަނޑައަޅުއްވާފައިވާ ސަފީރު އަލްއުސްތާޒް މެތްރިކް ބިން ޢަބްދުﷲ އައްދައުސަރީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު ޞުރުޙީއަކީ “އިންސާނީ މުޖުތަމަޢުގައި ސިލްމާ، ސަލާމަތާއި އަމާންކަން ޤާއިމުކުރުމުގައި ކީރިތި ރަސޫލާ صلى ﷲ عليه وسلم ގެންގުޅުއްވި ގޮތް” އެވެ. މި ދައުރާ ޕްރޮގްރާމްގައި ބައިވެރިވަނީ ދިވެހިރާއްޖާގެ ޢިލްމުވެރިންނާއި، ޚަޠީބުންނާއި އިމާމުން އަދި ދާއީންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.