އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޑރ. ޢަބްދުﷲ ޝިހާމް ވާދަކުރައްވަން ނިންމަވައިފިއެވެ.
މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ރިޔާސީ ރޭހުގައި ވާދަކުރައްވާނެކަން އޭނާ ނިންމަވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި އެމްޑީއޭގެ ލީޑަރު އަހްމަދު ޝިޔާމް މުހައްމަދު (ސަން ޝިޔާމް) ވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ވަނީ އިޢުލާން ކުރައްވާފައެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޗެއަރމަންކަން ވެސް ކުރައްވާފައިވާ ޑރ. ޝިހާމް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ވެސް ނިންމެވިއެވެ. ނަމަވެސް ފަހުވަގުތު އެ ނިންމުމަށް ވަނީ ބަދަލު ގެންނަވާފައެވެ.
ބިޑަށް ލާ ޕްރޮޕޯސަލްތައް ވަރަށް ގިނަވާނެ.