ރަސްމީ ދަތުރުފުޅެއްގައި ރައީސް ސާލިހު ފުނަދޫ އާއި ހޮޅުދުއަށް ވަޑައިގަންނަވަނީ

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް، ށ. ފުނަދޫ އާއި ނ. ހޮޅުދުއަށް ވަޑައިގަންވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ރައީސް ސާލިހުގެ މި ދަތުރުފުޅުގައި ތެރެއިން ފުނަދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ހޮޅުދޫ މޭނާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޖަލްސާގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ދަތުރުފުޅު ކުރެއްވުމަށް ނިންމަވާފައިވަނީ މިމަހުގެ 17 އިން 19 އަށް ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.