މާލޭ ރައްޔިތުންނަށް ހުޅުމާލޭން ދޫކުރާ 3000 ގޯއްޗަށް އެދުމުގެ ފުރުޞަތު މި މަހު ހުޅުވާލަނީ

މާލޭ ރައްޔިތުންނަށް ހުޅުމާލޭން ދޫކުރާ 3000 ގޯއްޗަށް އެދުމުގެ ފުރުޞަތު މި މަހު ހުޅުވާލާނެ ކަމަށް ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތު ދޫކުރަން މިމަހު 26 ގައި ހުޅުވާލާނެ ކަމަށެވެ. އަދި އިތުރު ދެ މަޝްރޫއެއް މާލޭ މީހުންނަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން ވިނަރެސް މަޝްރޫއުގެ ދަށުން ދޫކުރާ 1،344 ހައުސިންގ ޔުނިޓާއި 4،000 ހައުސިންގ ޔުނިޓްގެ މަސައްކަތް ވެސް ބާރަށް ކުރިޔަށްދާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ނިންމާފައިވަނީ މާލޭގެ މީހުންނަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 1،000 ގޯއްޗާއި ގުޅިފަޅުން 2،000 ގޯއްޗާއި ގިރާވަރު ފަޅުން ހިއްކާ ބިމުން މަދުވެގެން 2،000 ގޯތި ދިނުމަށެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅަކަށްވާއިރު، އެކަން އިޢުލާން ކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.