
އަންނަ ޖުލައި މަހުގެ 10 ން 14 އަށް ބޭންކުތައް ބަންދުވާނެ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ހާމަކޮށްފިއެވެ.
އެމްއެމްއޭ އިން ބުނީ ސެލްފް ސަރވިސް އޭޓީއެމްތަކާއެކު މިހާރު ބޭންކިންގ ޚިދުމަތް ހޯދުމަށް ފަސޭހަތަކެއް ލިބިގެން ގޮސްފައިވާ މި ޒަމާނުގައި ޢީދު ބަންދުތައް ފަދަ ބަންދުތަކުގައި، ބޭންކުތައް ބަންދުކޮށްފައި ހުރި ނަމަވެސް ޢާންމުންނާއި ވިޔަފާރިތަކަށް ބޭންކިންގ ޚިދުމަތް ހޯދުމަށް އެހާ ބޮޑު ދަތިތަކެއް ކުރިމަތިނުވާނެ ކަމަށެވެ.
ދުރާލައި ބޭންކުތައް ބަންދުވާނެކަން ޢާންމުންނަށް އަންގާފައިމިވަނީ ޗުއްޓީތައް ޕްލޭން ކުރުމުގައި މިކަމަށް ސަމާލުވުމަށް ވަގުތު ދިނުމަށް ކަމަށް ވެސް މަރުކަޒީ ބޭންކުން ބުނެއެވެ.
މިއަހަރުގެ އަޟްހާ ޢީދުގެ ބަންދު ދުވަސްތަކުގައި ބޭންކުތައް ބަންދުކުރިނަމަވެސް އާއްމުގޮތެއްގައި ޢީދު ބަންދުފަދަ ދިގު ބަންދުތަކުގެތެރެއިން ކޮންމެވެސް އެއްދުވަހެއްގައި ބޭންކުތައް ހުޅުވައިގެން މީގެކުރިން ވަނީ ޚިދުމަތްދީފައެވެ.