ބަލާ ފާސްކުރި ކޮންޓެއިނަރ އިން ފެނުނީ 15 ކިލޯގެ ހަޝިޝް އޮއިލް – މަގުމަތީ އަގު 4 މިލިއަން ރުފިޔާއަށް އަރާ

މެއި 29 ވަނަ ދުވަހު ރާއްޖެ ގެނައި ކޮންޓެއިނަރއިން ފެނުނީ 15.5 ކިލޯ ހަޝިޝް އޮއިލް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެތަކެތީގެ މަގުމަތީ އަގު 4 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު އިންޑިޔާގެ ޓުޓިކޮރިނުން ކަނޑުމަގުން ރާއްޖެ ގެނެސްފައިވާ މުދާ ޝިޕްމަންޓެއް ބަލާ ފާސް ކުރުމުގެ އޮޕަރޭޝަނެއް ތިން ދުވަސް ވަންދެން ކޮށްފައިވާ ކަމަށެވެ.

ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އެ އޮޕަރޭޝަނަކީ ގާނޫނާއި ގަވާއިދާ ޚިލާފު އެއްޗެއް އޭގައި ހުރިކަމަށް ޝައްކުކުރެވިގެން ހިންގި އޮޕަރޭޝަނެކެވެ.

އެ ކޮންޓެއިނަރުން މަސްތުވާތަކެތި ފެނުނު މައްސަލަ ތަހުގީގުކުރުމަށް އެ މަސްތުވާތަކެތި ފުލުހުންނާ ވަނީ ހަވާލުކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.