ސްޓެލްކޯގެ ޗެއަރމަންގެ މަޤާމަށް ކުރީގެ މަޖިލިސް މެމްބަރު އިބްރާހިމް ދީދީ އައްޔަންކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޗެއަރމަންގެ މަޤާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެމެމްބަރުކަމަށް ކުރީގެ މެމްބަރު އިބްރާހިމް ދީދީ އައްޔަންކޮށްފިއެވެ.

ބްރިގޭޑިއަރ ޖެނެރަލް (ރޓ) އިބްރާހީމް މުޙައްމަދު ދީދީ އެ މަޤާމަށް އައްޔަން ކުރެއްވީ ޕްރައިވެޓައިޒޭޝަން އަދި ކޯޕަރައިޓައިޒޭޝަނުންނެވެ.

ބްރިގޭޑިއަރ ޖެނެރަލް (ރޓ) އިބްރާހީމް މުޙައްމަދު ދީދީ ދިވެހި ސިފައިންގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ޚިދުމަތް ކުރައްވާފައިވާއިރު، އޭނާ ވަނީ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މާލެ ސަރަޙައްދުގެ ކޮމާންޑަރުކަން ވެސް ކުރައްވާފައެވެ.

ސްޓެލްކޯގެ ޗެއަރމަންގެ މަޤާމަށާއި ޑިރެކްޓަރުންގެ ބޯޑު މެންބަރުކަމަށް އިބްރާހިމް މުޙައްމަދު ދީދީ އައްޔަންކޮށްފައިމިވަނީ އެ މަޤާމުގައި ހުންނެވި މުހައްމަދު ރަޝީދު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި އަވަހާރަވުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަޙްމަދު ޝަރީފު، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް  ދާދިފަހުން ވަނީ އައްޔަން ކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.